April 11, 2026
Advertisement
މުއިއްޒު ޖަރުމަނުގެ ރައީސާއެކު
މުއިއްޒު ޖަރުމަނުގެ ރައީސާއެކު / ރައީސް އޮފިސް

ޖަރުމަނު ދަތުރުފުޅަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުމުގެ އަމަލެއްް: މަލީހް

Yana Shareef
ޔާނާ ޝަރީފް
Feb 14, 2026, 04:58 AM

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން ކަމަށް ސިފަކުރައްވައި، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ކުރި މި ދަތުރުފުޅުގައި ޖަރުމަނުގެ ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާ، ޗާންސަލަރު ފްރެޑްރިކް މާޒް އާއި ބައްދަލުނުކުރެއްވުމަކީ މި ދަތުރުފުޅު ފެއިލްވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މަލީހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމެއްގެ އެންމެ އިސްވެރިޔާ އެހެން ގައުމަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު، އެ ގައުމުގެ އެންމެ އިސް ލީޑަރާ ބައްދަލުނުވުމަކީ ހާރިޖީ ދާއިރާގައި ރާއްޖެއަށް ލިބުނު ނާކާމިޔާބީއެކެވެ.

މިފަދަ ނަތީޖާއެއް ނުނެރެވޭ ދަތުރުތަކަށް ރައްޔިތުންގެ ފައިސާ ހަރަދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ޖަރުމަނަށް ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved