April 14, 2026
Advertisement
ގައުމީ ކެންޑިޑޭޓު: އިސްމާއިލް ޒަރިޔަންދު
ގައުމީ ކެންޑިޑޭޓު: އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

މާލޭގެ ތަރައްޤީއަށް ކުރާ ޚަރަދުތައް އާމްދަނީން ހަމަޖައްސަވާނަން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Yana Shareef
ޔާނާ ޝަރީފް
Feb 15, 2026, 12:56 AM

މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު، މާލޭގެ މުސްތަޤުބަލާ މެދު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވައިފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، މާލޭގެ ތަރައްޤީއަށް ބޭނުންވާ ކެޕިޓަލް ޚަރަދުތަކާއި، ރައްޔިތުންގެ ވަސީލަތްތައް ބިނާކުރުމަށް ކުރެވޭ ހޭދަ ހަމަޖައްސާނީ ލިބޭ އާމްދަނީގެ ތެރެއިން ކަމަށެވެ.

މީގެ ތެރޭގައި މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ކުރަންޖެހޭ ޚަރަދުތައްވެސް ހިމެނެއެވެ.

އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް ބާރުއެޅުއްވުމުގެ ގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުދި ވިޔަފާރިތަކަށް އެހީވުމަށްޓަކައި ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން "މައިކްރޯ ލޯން" ތައާރަފްކުރުމަކީ އޭނާގެ މުހިންމު ސިޔާސަތެކެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، މި ހުރިހާ ކަންކަމުގެ މާލީ ތަފްސީލުތަކާއި ހިސާބުތައް ހިމެނޭހެން ތައްޔާރުކޮށްފައިވާ އޭނާގެ ފުރިހަމަ މެނިފެސްޓޯ، އަންނަ މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved