April 3, 2026
Advertisement
ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު
ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު / ސޯޝަލް މީޑިއާ

މަތީ ފާޚާނާއިން ފްލަޝްކުރީމާ ތިރީ ސިޓިންގ ރޫމަށް ފެން ފައިބަނީ، މި ހާލަތު ބަދަލުކުރާނަން: ގައުމީ ކެންޑިޑޭޓު

Yana Shareef
ޔާނާ ޝަރީފް
Feb 17, 2026, 03:23 AM

މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ބުނެ، ގައުމީ ކެންޑިޑޭޓް އިސްމާޢީލް ޒަރިޔަންދު ވަރަށް ބޮޑަށް ވިދާޅުވެއްޖެއެވެ.

Advertisement

ޱޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ "ޓޯކްސް ވިތް ޒަރިޔަންދު" ޕޮޑްކާސްޓުގައި މުނިސިޕަލް ހިދުމަތްތައް ހުރި ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވަމުންނެވެ.

އޭނާ ފާހަގަކުރި ގޮތުގައި މާލެ ސަރަހައްދުގެ އިމާރާތްތަކާއި އާންމު ނިޒާމުތައް ބެލެހެއްޓުމުގައި މިހާރު އޮތީ އިންތިހާއަށް ދަށު ދަރަޖައެއްގެ ހާލަތެކެވެ.

މި ހާލަތު ސިފަކޮށްދެމުން ޒަރިޔަންދު ވިދާޅުވީ، މިއަދު ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަކީ އިމާރާތްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ބާވެ، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގައި މުއައްސަސާތަކުން އިހުމާލުވުން ކަމަށެވެ. އެގޮތުން، "މަތީ ފާޚާނާއިން ފްލަޝްކުރީމާ ތިރީ ސިޓިންގ ރޫމަށް ފެން ފައިބާ" ކަމަށް ބުނެ، މި ދަށު ދަރަޖައިގެ ހާލަތު ބަދަލުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ޒަރިޔަންދު ދެކޭގޮތުގައި މިއީ ސީދާ އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވުމުގެ ނަތީޖާއެވެ.

ޕޮޑްކާސްޓްގައި އިތުރަށް ވާހަކަދައްކަމުން ޒަރިޔަންދު ބުނީ، މުނިސިޕަލް ޚިދުމަތްތަކަކީ ރައްޔިތުންގެ އަސާސީ ހައްގަކަށްވާއިރު، އެކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި މިހާރު އޮތް ބާވެފައިވާ ނިޒާމުތަކާއި، މުއައްސަސާތަކުގެ ދެމެދުގައި އޮތް އިހުމާލުވުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ރައްޔިތުންނަށް އަމާން އަދި ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved