April 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ގޫގުލް

ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުން ހާލުގައި: މުއިއްޒު އިސްތިއުފާ ދެއްވުމަށް މަލީހް ގޮވާލައްވައިފި

Yana Shareef
ޔާނާ ޝަރީފް
Feb 17, 2026, 03:42 AM

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބާޒާރުގައި ތަކެތީގެ އަގުތައް ހުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ގޮވާލަައްވައިފިއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދަނީ މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާފަދަ ތަދު ދުވަސްތަކެއް ކަމަށާއި، އަސާސީ ބައެއް ތަކެތި ބާޒާރުން ހުސްވެ، އަގުތައް އަތްނުފޯރާ ފަށަށް ގޮސްފައިވާ ކަމަށެވެ.

މަލީހް ފާހަގަކުރެއްވި ގޮތުގައި، ބާޒާރުގައި ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ހުރިއިރު، ނެސްކެފޭ އާއި ޔޯގަޓް ފަދަ އާންމުކޮށް ބޭނުންކުރާ ބާވަތްތައް ލިބެން ނެތް ކަމަށެވެ. އަދި ބައެއް ތަކެތި ކޮންޓްރޯލް ކޮށްގެން ވިއްކަމުންދާކަން ފާހަގަކުރައްވައި، މަލީހް ވަނީ ބާޒާރުގެ ބައެއް އަގުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ސިނގިރޭޓް ފޮށްޓެއްގެ އަގު 250 ރުފިޔާއަށް އުފުލިފައިވާ ކަމަށާއި، ދޮންކޭލުގެ އަގު 800 ރުފިޔާގައި ހުރިއިރު، އޮރެންޖެއް 10 ރުފިޔާ އަދި އާފަލެއް 9 ރުފިޔާއަށް ލިބެން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބާޒާރުގައި މަގުބޫލު ބައެއް ބްރޭންޑްތައް ކަމަށްވާ "އަރޯއީ-ޑީ" ކިރު ލިބެން ނެތް ކަމަށާއި، ފޯކަސް ޓިޝޫ ފަދަ ތަކެތި ވެސް ވިއްކަމުންދަނީ ކޮންޓްރޯލް ކޮށްގެން ކަމަށް މަލީހް ވިދާޅުވިއެވެ. މި ހުރިހާ ކަމަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ "މުއިއްޒު އަކަށް ނުވި" ކަމަށާއި، ރައްޔިތުންނަށް މިހާރު ޖެހިފައިވާ ތަދު ދަތި ހާލަތުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ރައީސް އިސްތިއުފާ ދެއްވުން ކަމަށް ވެސް މަލީހްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved