theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި އޮތްއިރު، ސިއްހީ ނިޒާމު އޮތީ 100 އިން ފެއިލްވެފައި! / ތޭރަގްރެފިކްސް
ރިޕޯޓު
ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި އޮތްއިރު، ސިއްހީ ނިޒާމު އޮތީ 100 އިން ފެއިލްވެފައި!
Mariyam Isaadha
މަރިޔަމް އިސާދާ
17 ފެބްރުއަރީ 2026
މާލެ ސިޓީ

ދާދި އިހަކަށް ދުވަހުގެ ކަމެކެވެ. ރައީސް މުހައްމަދު މުއިއްޒު ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުނގެ ލިސްޓުގައި ހިމެނުނު ކަމަށް ބުނެ އައު ކުކުޅުތަކަކަށް ގައު ބިހެން އެޅިގެނ ްއުޅޭހެން ބަކަބަކަ ތަޅަމުން ސަރުކާރުންގެ ބޮޓުންތައް ކޮޅުކޮޅު މައްޗަށް ފިއްޔޮއް ކުކުޅުތަކެއް ހެން ދުވެ ނަގަމުން ދިޔައެވެ. ހީވީ ދުނިޔެ މަތީގައި އަލަށް ކަމެއް ވެގެން އުޅުނު ހެންނެވެ.

ރައީސް މުއިއްޒަކީ ސިއްހީ ގޮތުން ދުނިޔޭގެ އެންމެ ނުފުޒު ގަދަ 100 ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ބުނވޭ ގޮތުގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން އާ އެކުއެވެ. ރަށު ތެރޭގައި އާންމުކޮށް ކިޔާ އުޅޭ ގޮތުގައި ރައީސް މިހާއާ އާއިލީ ގުޅުން އޮންނަ ކުއްޖެއްގެ މަސްލަހަތާ ގުޅުން އޮވެގެން ދުންފަތާ ވޭޕުވެސް ގައުމުގައި މަނާ ކުރިއިރު ގައުމުގައި ދުންފަތް ބޭނުންކުރުން ވަކި އުމުރު ފުރައަކަށް ބޭނުންކުރުން މަނާކޮށް ރައީސް މުއިއްޒު ތާރީޚުގެ ތެރެއަށް ވަނީކަމަށް ވެއެވެ.

ރަގަޅެވެ. ތައުރީފު ހައްގު ކަންކަމުގައި ހަމަ ތައުރީފުކުރުން ގޯހެއް ނޫނެވެ. ނަމަވެސް ސިއްހީ ގޮތުން ނުފޫޒު ގަދަ ވެރިއެއްގެ ގައުމުގައި ސިއްހީ ނިޒާމު ނޭވާ ހޮޅިއަށް އެޅި އެ ނިޒާމުގެ ތެރެއިން ފަރުވާ ލިބިގަންނަން ތިބި މީހުން ވެންޓިލޭޓަރުގައި ތިބެން ޖެހުމަކީ ސަޅި ކަމެއް ނޫނެއް ނޫންތޯއެވެ.

ސިއްހީ ގޮތުން ދުނިޔޭގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ނަންފުޅު އަރުވައިގެން ދެ މިޔަކަނުން ހިނި އައިސް އިންނަވާއިރު ގައުމުގައި ނުލިބޭ ބޭހުގެ އަދަދު ހުރީ 100 އިން މަތީގައެވެ. ރަގަޅު ސިއްހީ ފަރުވާ ދޭން ރަށްރަށުގައި ޑޮކްޓަރުން ފުރިހަމަ ނުވާ އަދަދު ހުރީ 100 އިން މަތީގައެވެ. އާސަންދަ، ދަތުރުތަކަށް ނުދައްކާ ފައިސާ ހުރީ 100 މިލިއަނުން މަތީގައެވެ. ހޮސްޕިޓަލުތަކުގެ ސްޕެޝަލައިޒްޑް ކޮންސަލްޓޭޝަންގެ ވެއިޓިންގް ލިސްޓު އެތައް 100 އަކުން މަތީގައެވެ. އާސަންދަ އެންސްޕާ ނުލިބިގެން ބޮޑެތި ބަލިތަކަށް ފަރުވާނުހޯދި ނުފުރިފައި ތިބި ބަލި މީހުން 100 އިން މަތީގައެވެ.

އެހެންވީއިރު ނުފޫޒު ގަދަ 100ގެ ލިސްޓުގައި ރައީސް މީހާ ހިމެނިގެން އުފާފާޅުކުރަމުން ދާއިރު، ސިއްހީ ނިޒާމު މިއޮތީ ހުރިހާ ދިމާއަކުން ސައްތަ އިން ސައްތަ މިއޮތީ ފެއިލްވެފައެވެ.

އެހެންކަމުން ނުފޫޒަށްވީ ގޮތެއް ނިންމާނީ ތިކޮޅުންނެވެ. މި ވާހަކަ ބުނެލީއެވެ. ވަރަށް ސަލާމެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?