February 20, 2026
Advertisement
ޒަރިޔަންދު
ޒަރިޔަންދު / ތޭރަ އޮންލައިން

ވޯޓާ ދިމާކޮށް ރައީސް ބަހަނީ ރިޝްވަތުގެ ފައިސާ: ގައުމީ ކެންޑިޑޭޓު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 19, 2026, 04:04 PM
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަން ވަމުން ދަނިކޮށް ރައީސް، ރައްޔިތުންތަކަކަށް ފައިސ ާބަހަން ނިންމި ނިންމުމަކީ ރިޝަވަތުގެ އަމަލެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދާ ކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު ވަނީ މާލޭހިޔާއާ ސިނަމާލެ ފްލެޓުތަކުގެ ވެރިންނަށް 1 ލައްކަ ރުފިޔާ ދޭން ނިންމާފައެވެ. މުލިއާގޭގައި އެ ފްލެޓުވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނުވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް ހިއްސާކުރައްވާ ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޯޓާއި ދިމާކޮށް ފައިސާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތް ވަޢުދަކީ "ކޮރަޕްޝަން"ގެ ޢަމަލެއްކަން އެނގެނީ، އިންތިޚާބުގައި ރައީސްގެ ފަރާތުން ވާދަކުރައްވާ "މޭޔަރ ކެނޑިޑޭޓް" އަދި "އަންހެން ރައީސާ" އާއި އެއްބަރިއެއްގައި އިންނަވައި އެހެން ވިދާޅުވުމުން ކަމަށެވެ.

ޒަރިޔަންދު އެފަދައިން ވިދާޅުވިއިރު، އެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ އެކި ދާއިރާތަކަށް ކުރިމަތިލާ އެކި ކެންޑިޑޭޓުން ވެސް ބައިވެރިވެފައިވެއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން މުހައްމަދު މުއިއްޒު ނިންމެވި މައްސަލަ ރަސްމީކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved