February 21, 2026
Advertisement
Donald Trump
Donald Trump / ސޯޝަލް މީޑިއާ

އަހަރެންނަށް ޤައުމުތައް ހަލާކުކުރުމުގެ ހުއްދަ އޮންނާނެ: ޓްރަމްޕް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 21, 2026, 05:50 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ މޭރުމަކުން ވާހަކަދައްކަވައި، ބައިނަލްއަގުވާމީ މަސްރަހު އަނެއްކާވެސް ހޫނުކޮށްފިއެވެ.

Advertisement

ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، އޭނާ ބޭނުންވެއްޖެ ނަމަ ކޮންމެ ގައުމެއްވެސް ހަލާކުކޮށްލުމުގެ އިޚްތިޔާރު އޮތްކަމަށް ދޭހަވާފަދަ ބަސްމަގަކުން ވާހަކަދައްކަވާފައެވެ.

ޓްރަމްޕް ވިދާޅުވީ، "އަހަރެން ބޭނުން ކޮންމެ ކަމެއް ވެސް ކުރެވޭނެ. ގައުމުތައް ހަލާކު ކުރުމުގެ ހުއްދަ އަހަންނަށް އެބައޮތް،" ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން ސިޔާސީ މުހައްލިލުން ބުނަމުންދަނީ ޓްރަމްޕަކީ މުޅި ދުނިޔޭގެ ސުލްހަ މަސަލަސްކަން ނަގާލައި، ގައުމުތަކުގެ މެދުގައި ހަނގުރާމަ އުފެއްދުމަށް މަސައްކަތްކުރާ ނުރައްކާތެރި ޝަޚްސިއްޔަތެއް ކަމަށެވެ. އޭނާގެ މިފަދަ ހަރުކަށި އަދި ޒިންމާދާރުކަން ކުޑަ ބަސްތަކަކީ ދުނިޔޭގެ މިނިވަން ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުމަށް ދެވޭ އިންޒާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މީގެ އިތުރުން، އެހެން ގައުމުތަކުގެ މައްޗަށް ޓްރަމްޕް އެޅި ހަރުކަށި ޓެރިފްތަކާއި (އިމްޕޯޓް ޓެކްސް)، އޭނާގެ މަސްލަހަތު ހިމެނޭ ބައެއް އިގްތިސާދީ ނިންމުންތަކަށް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ހުރަސް އަޅައި، ބައެއް ކަންކަން ބާތިލްކޮށްފައެވެ. މިއީ އެހެން ގައުމުތަކުގެ އިގްތިސާދު އިނދަޖައްސާލުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ދުނިޔޭގެ ސަލާމަތަށް އޮތް ބިރެއްގެ ގޮތުގައި ސިފަކުރެވޭ ޓްރަމްޕްގެ މިފަދަ އަމަލުތަކުގެ ސަބަބުން، އޭނާއަށް އޮތް ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved