February 24, 2026
Advertisement
Mohamed Maleeh Jamal
Mohamed Maleeh Jamal / ތޭރަ އޮންލައިން

އިންތިޚާބުތައް އެއްކޮށްލަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 22, 2026, 12:13 AM
މާލެ ސިޓީ

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާ ނިންމުމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުގެ އަސްލު މަގުސަދަކީ ރައްޔިތުންނަށް ފިލުމާއި، ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުކުރުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ކުޑަކޮށް، ހުރިހާ ބާރެއް އެއްތަނަކަށް ޖަމާކުރުމަށް ސަރުކާރުން ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.

މަލީހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ބޮޑުވެގެންދާނެއެވެ. އަދި މިއީ ވެރިކަމުގެ ބާރުގެ ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވައިލެވޭ ދޮރެއް ކަމަށާއި، މިކަމަށް ރައްޔިތުން "ނޯ" ޖަހަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް  މުޢިއްޒުގެ ސަރުކާރުން އިންތިޚާބުތައް އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުރާ ކަމެއް ކަމަށް ބުނި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށް، ސަރުކާރުގެ މުށްބާރުކުރުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved