February 22, 2026
Advertisement
މުއިއްޒު ގެންދަނީ އޭނާއަށް ފަހިވާ ގޮތަށް މުޅި ނިޒާމު ބައްޓަން ކުރަމުން: ޑރ ޖަމީލު
މުއިއްޒު ގެންދަނީ އޭނާއަށް ފަހިވާ ގޮތަށް މުޅި ނިޒާމު ބައްޓަން ކުރަމުން: ޑރ ޖަމީލު / ސޯޝަލް މީޑިއާ

މުއިއްޒު ގެންދަނީ އޭނާއަށް ފަހިވާ ގޮތަށް މުޅި ނިޒާމު ބައްޓަން ކުރަމުން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 22, 2026, 02:33 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނަށް ފަހިވާ ގޮތަށް މުޅި ނިޒާމު ބައްޓަން ކުރަމުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިަޔންދުގެ ކެމްޕެއިންގެ ޑޯޓުޑޯގެ ހަރާކާތުގައި ބައިވެރިވެވަޑައިގެން ޑރ ޖަމީލު ވިދާޅުވީ ކުރިއަށް ކައުންސިލް އިންތިހާބާ އެއްކޮށް ރެފްރެންޑަމް ވޯޓެއް ނަގަން އުޅޭ އިރު އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ރައްޔިތުން ގާތު އެއްވެސް ވަރަކަށް ވެރިކަން ކުރުމަށް އޮތް ގާނޫނު އުނދަގޫ ވާހަކަ ނުވަތަ ކަމުނުދާ ވާހަކަ ވިދާޅުވެފައިނުވާ ކަމަށެވެ.

ނަމަވެސް ވެރިކަމަށް އައިސް ފެންނަމުން ދަނީ މުޅި ނިޒާމު ބަދަލު ގާނޫނު އަސާސީއަށް ވެސް ހިތު ހުރި ބަދަލުތަކެއް ގެނެސް ހުރިހާ ދިމާއެއް ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ބަދަލުކޮށް މަޖިލިސްވެސް މުށު ތެރެއަށްލާ މުޅި ނިޒާމު ފުނޑާލާ މަންޒަރު ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާ އެހެންކަމުން މާލޭގެ މޭޔަރު ކަމަށް ގެންނަން ޒަރިޔަންދު ނޫން ޗޮއިސް އެއް ނެތް ކަމަށެވެ. ޑރ ޖަމިލު ވިދާޅުވީ ޒަރިޔަންދު ވެގެންދާނީ ޑރ މުއިއްޒު އެންމެ ޖެހިލުންވާނެ މޭޔަރަށް ކަމަށާ އެހެނީ ޒަރިޔަންދުގެ މޭޔަރުކަމެއްގައި ޑރ މުއިއްޒު މޭޔަރު ކަމުގައި ހުންނަވާ ހިންގެވި ޖަރީމާތައް ވެސް ބަލާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved