
ކޮރަޕްޝަން ހިންގާ މީހުންނާ މެދު ސާބިތު ހެކި ގެނެސްދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ޗެލެންޖެއް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ މި ވަރުގަދަ ޗެލެންޖު އަމާޒުކުރެއްވި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއއިްޒު ވިދޅާުވި ބަސްފުޅަކީ ގުޅިގެންނެވެ. އެގޮތުން ކޮރަޕްޝަން ހިންގާ މީހުންނާ މެދު ސާބިތު ހެކި ގެނެސްދިނުމުން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މެމްބަރުންނަށް ރައީސް މުއިއްޒު ދެއްވާ 50 ހާސް ރުފިޔާ ދެއްވާ ގޮތަކާ ރަސްމާލެއިން ހިއްކާ ބިމުގެ ކޮޑި މީޓަރަކުން 2 ޑޮލަރަށް ވުރެ މައްޗަށް ނަގާ ގޮތާ އަދި މިހާ ތަނަށް ޚަރަދުކޮށްފައި ހުރި ކަންތައްތައް ހުރީ އެންމެ ކޮސްޓު އެފިޝިއަންޓުކޮށް ކަމަށް ރައީސް މުއިއްޒަށް ޕަބްލިކަށް ކިޔައިދެވޭނެތޯ ރައީސް ޔާމީން ވަނީ އައްސަވާފައެވެ.
އެ ތަފްސީލުތައް ކިޔައިދެވޭ ނަމަ ރައީސް މުއިއްޒަށް އެމަނިނުފާނު ސަރުކާރު ޖަވާބުދާރީ ކުރުވޭކަމަށް ގަބޫލުކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަމުންދަނީ ވަކި މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ.










