
ހަގީގަތް އެނގި ތިބެ ވަޒީފާއަށްޓަކައި އިލްމު ފޮރުވުމަކީ ދެ ދުނިޔޭގެ ހިތާމަޔަކަށް ވެދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރު އައި ފަހުން ދީނީ ގޮތުން ރާއްޖެ ދަނީ ރަގަޅު ރަގަޅު އަމާޒަކަށް ކަމަށާ އެކަން ދެމެހެއްޓުމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ކައުންސިލް އިންތިހާބުގައި ވޯޓު ދޭން ޖެހޭ ކަމަށް ވަޒީރަކު ވިދާޅުވި ވިދާޅުވުމާ ގުޅިގެން ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ މަތި ފަނޑީގައި ތިއްބެވި ބޭފުޅުން، ޑރ. މުހައްމަދު މުއިއްޒުގެ ގެޙަގީގަތް އެނގި ތިބެ ވަޒީފާއަށްޓަކައި ޢިލްމު ފޮރުވާ މީސްތަކުންގެ ތެރޭގައި ހިމެނިގެންދާ ކަމީ ދެދުނިޔޭގެ ހިތާމަޔަކަށް ހުށަހެޅިދާނެ ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާަފައެވެ..
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބޭފުޅުން އެފަދައިން އަމަލުކުރެއްވުމަކީ، އެއީ ބިރުގަންނަންޖެހޭ ކަމެއް ކަމަށާ ބަގަރާސޫރަތުގެ 159 އާޔަތުގެ މާނާގައިވާ ގޮތުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން މާތް ރަސްކަލާނގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް އެކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުންނަށް ދެއްވާފައިވާ އިންޒާރު ހަނދާނަށް ގެންނަވާފައިވެއެވެ.
އެގޮތުން އެއުރެންނަށް اللَّه، لعنة ލައްވާނެކަން ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވާ އަދި لعنة ދޭ މީހުންވެސް އެއުރެންނަށް لعنة ދޭނެކަން ބަޔާން ކުރައްވާފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އެ ބަހުގެ މާނައަކީ މަލާއިކަތުންވެސް ލަޢުނަތްލެއްވުމަށް ދުޢާކުރަައްވާނެކަން ކަމަށް ހަނދުމަކޮށް ދެއްވާ ޑރ ޖަމީލު ވަނީ މިއީ އަހްލު ކިތާބުންނާބެހޭ ގޮތުން ބާވާލެއްވުނު އާޔަތެއް ކަމަށް އިލްމުވެރިން ވިދާޅުވާކަމަށް ފާހަގަކުރައްވާފައެވެ.
އެއާޔަތުގެ ތަފްސީރުގައި ޙަވާލާދީފައިވާ ޙަދީޘްފުޅު ނަކަލު ކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ މިއަދު ސަރުކާރުގެ ދީނީ އަދި އިގްތިސާދު ރަނގަޅުކަމަށް މިބޭފުޅުން ވިދާޅުވާނަމަ އެހުއްދަ ކުރަނީ ރައީސް އަބްދުﷲ ޔާމީނުގެ ހުސް ގޮނޑި ވިއްކާ، މި ސަރުކާރުގެ ވެރިން ހެދި މާސިންގާ ދޮގާ، ރައްޔިތުން ކައިރީ ރައީސް ޔާމީނުގެ ޙަރާމް ޙުކުމާ އަދި ޝަރީޢަތް ނުފޫޒު ނުފޯރުވާ ވަގުތަކީ ނިމޭނެ ވަގުތު ކަމަށް ވިދާޅުވެ ވެރިކަން ލިބުމާއެކު ރައީސް ޔާމީނާ ރައްޔިތުންނަށް ދިން ދޯކާއާ، ސަމޯއާ މުޢާހަދާގައި ހުރި ފާޙިޝް އަމަލުތަކާ، ރިޝްވަތުގެ ގޮތުގައި ރައްޔިތުންގެ މަޖްލިސް މެމްބަރުންނަށް ބަހަމުންދާ ފަައިސާއާ މުޅި ދައުލަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށް މަސައްކަތް ނުކޮށް ރިޝްވަތުގެ ގޮތުގައި ވަޒީފާދީ މުސާރަދޭ ދިނުމާ، ވެރިމީހާ ހުރިހާ ބާރުތަކެއް ނެގުމާ ޝަރުއީ ނިޒާމު ވާކޮށްލުމާ، ވައްކަންކުރުމާ، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ރޯމާ ދުވާލު ވައްކަން ކުރި އެތައް ބަޔަކު އަދަބާ ނުލާ ކައިރީގައި ބޭތިއްބުމާ، ރައީސް މުއިއްޒަށް ކުރެވޭ ވައްކަމުގެ ތުހުމަތުތަކާ، ދައުލަތުގެ މުޅި މާލީ ނިޒާމު ގަނޑުބަޑުކޮށް އަމިއްލަ ބާރުވެރިކަން އިތުރުކުރިކުރުމާ، އަމާނާތަށް ޚިޔާނާތްތެރިވުމާ އަދި ރައީސް ޔާމީނު ފަދަ ހެޔޮކަމެއް ކޮށްދިން މީހަކަށް އަޚްލާގެއް ނެތްގޮތަށް އަމަލު ކުރުމުގެ އިތުރުން ވަޢުދާ ޚިލާފުވުމާ، ރައީސް މުއިއްޒުވީ ވައުދުތަކާ އަމަލާ ދިމާ ނުވުމަށް ހިތްވަރު ދިނުމާ، އަނިޔާވެރިކަން އިސްކުރަން ބާރުދިނުމުގެ އިތުރުން ރައީސް ޔާމީނުގެ ދައުވާ، ތަފާތުކުރުމާ ސެލެކްޓިވްގެ ދަށުން ކުރިއަށް ގެންދަން ހިތްވަރު ދިނުން ކަމަށެވެ.
އެހުރިހާ ކަމެއް އެހެން ހުރުމާ އެކު މިބޭފުޅުންވެސް ހަނދާން ކުރަންވީ ރަސޫލާގެ ޙަދީޘްފުޅުގެ އަލީގައި ރައީސް މުއިއްްޒު ކިބައިގައި ހަތަރު ސިފަޔާ ޚިލާފުވުން ހުރި މިންވަރު ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ރަސޫލާގެ ހަދީޘުފުޅު ނަކަލް ކުރައްވާ ޑރ ޖަމީލު ވަނީ އެ ހަތަރުކަން ލިބިފައިވާނަމަ، ދުނިޔެއިން ފާއިތުވިކަމަކާ މުސްލިމަކު ކަންބޮޑުވާކަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެ ހަތަރު ކަމަކީ ތެދު ބުނުމެވެ. އަމާނާތަށް ރައްކާތެރިވުމެވެ. ރީތި އަޚްލާގުގެ ވެރިޔަކަށް ވުމެވެ. އަދި ޙަލާލު އެއްޗެހި ކެއުމެވެ.
އިސްލާންދީނަކީ ،ދިރިއުޅުމުގެ ފުރިހަމަ ނިޒާމެއްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ އެއީ ހަމައެކަނި، ދީނީ އަޅުކަންތަކާ ގުރުއާން ކިޔެވުން އެކަނި ނޫންކަން ހަނދާން ކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ވެރިކަމުގެ މަސްއޫލިއްޔަތާ، ގަވަރނަންސުގެ ޒިންމާއާ، ބައިތުލް މާލު ބޭނުންކުރާގޮތާ ، އަދި ބަހާ އަމަލާ ދިމާކުރުން ހިމެނޭ ކަމަށް ވިދާޅުވެ ޑ ރޖަމީލުގެ ދިގު އަދި ނަސޭހަތުން ފުރިގެންވާ އެ ޕޯސްޓު ނިންނމަވާލައްވާފައިވަނީ، މިގޮތަށް ބަލާއިރު ރައީސް މުއިއްޒުގެ ވެރިކަމަކީ އިސްލާމް ދީނާ އެއްގޮތަށް ކުރިއަށްދާ ސަރުކާރެކޭ ބުނާ ބަޔަކު ބުނާނީ ވަޒީފާގެ ބިރުވެކަމުގައި އެކަނިކަމަށް ވިދާޅުވެފައެވެ.










