February 27, 2026
Advertisement
ޕީޕީއެމްއާ ރައީސް ޔާމީންގެ ހުސް ގޮނޑީގެ ދުވަސް ދުއްވާލީ މުއިއްޒު: ޑރ ޖަމީލު
ޕީޕީއެމްއާ ރައީސް ޔާމީންގެ ހުސް ގޮނޑީގެ ދުވަސް ދުއްވާލީ މުއިއްޒު: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ޕީޕީއެމްއާ ރައީސް ޔާމީންގެ ހުސް ގޮނޑީގެ ދުވަސް ދުއްވާލީ މުއިއްޒު: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 27, 2026, 02:46 PM
މާލެ ސިޓީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑިއާ މެދު ރައީސް ޑރ މުހައްމަދު މުއިއްޒު ކަންކުރި ގޮތް، ރައީސް ޔާމީންގެ ބިނާކުރަނިވި ފިކުރަށް ތާއީދުކުރާ ހުރިހާ ރައްޔިތުންވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނި ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ރައީސް މުއިއްޒު ކެމްޕެއިން ތެރޭގައި ރައްޔިތުންގެ ތާއީދު ހޯދުމަށް، ރައީސް ޔާމީނަށް ވަފާތެރިއެއްގެ ގޮތުގައި ދެއްކުމަށް ގެންގުޅުނު ރަމްޒީ ގޮނޑި، "ހުސްގޮނޑީ"ގެ ފޮޓޯއެއް ހިއްސާ ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، އެ ހުސްގޮނޑިއާ ޕީޕީއެމްގެ ދުވަސް ދުއްވާލި މީހަކީ ރައީސް މުއިއްޒު ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ބިނާކުރަނިވި ފިކުރަށާ ރައީސް ޔާމީނަށް ތާއީދު ކުރާ އެންމެހާ ރައްޔިތުން ރައީސް މުއިއްޒު ފެންނަ ކޮންމެ ފަހަރަކު އެކަން ހަނދާން ކުރަން ގޮވާލާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ހަނދާންކޮށް ދިނުމަކީ މުއުމިނުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ގުރުއާނުގައި ވަޙީކުރެވިފައިވާ ކަމަށެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޔާމީންގެ ނަންފުޅާ އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމްގެ މެމްބަރުންގެ ވޯޓު ބޭނުންކުރުމަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން ފެއަށް ޖައްސަވާ ޕީޕީއެމްވެސް އުވާލެއްވީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved