February 27, 2026
Advertisement
ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޙަފްލާއެއް މިރޭ ހުޅުމާލޭގައި، ރައްޔިތުންނާ މުޚާތަބު ކުރައްވާނެ، ހުރިހާރައްޔިތުންނަށް ދައުވަތު!
ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޙަފްލާއެއް މިރޭ ހުޅުމާލޭގައި، ރައްޔިތުންނާ މުޚާތަބު ކުރައްވާނެ، ހުރިހާރައްޔިތުންނަށް ދައުވަތު! / ސޯޝަލް މީޑިއާ

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޙަފްލާއެއް މިރޭ ހުޅުމާލޭގައި، ރައްޔިތުންނާ މުޚާތަބު ކުރައްވާނެ، ހުރިހާރައްޔިތުންނަށް ދައުވަތު!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 27, 2026, 03:41 PM
މާލެ ސިޓީ

ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ހަފްލާއެއް މިރޭ ހުޅުމާލޭގައި އޮންނާނެ ކަމަށާ އެ ހަފްލާގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ފަރާތުން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފްގެ ރަޖިސްޓްރާ އަލީ ޝިއާން ޗެނަލް13 އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ހަފްލާ އޮންނާނީ ހުޅުމާލެ ފޭސް 1ގެ ނިރޮޅުމަގު، ހަނދުވަރީ ހިނގުން ކަންމައްޗަށް ވާ ގޮތަށް މިރޭ ( 27 ފެބްރުއަރީ 2026 ވާ ހުކުރު ދުވަހުގެރޭ) 9:45 ގައި ކަމަށެވެ.

އެ ޙަފްލާގައި ރައީސް ޔާމީން ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށާ ޙަފްލާ ބައިވެރިވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved