February 28, 2026
Advertisement
އިސްމާއިލް ޒަރިޔަންދު
އިސްމާއިލް ޒަރިޔަންދު / ތޭރަ އޮންލައިން

ގައުމީ ކެންޑިޑޭޓުގެ ވައުދެއް: ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުނިސިޕަލް އެލަވަންސެއް

Yana Shareef
ޔާނާ ޝަރީފް
Feb 27, 2026, 07:20 PM

 ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން "މުނިސިޕަލް އެލަވަންސް" އެއް ތައާރަފްކުރައްވާނެ ކަމަށް މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވައުދުވެ ވަޑައިގެންފިއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ ޕީޓްރަލް ކަންމަތީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ، އޭނާ މޭޔަރުކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުވެސް ސިވިލް ސާވިސް ކޮމިޝަނާއި ޕޭ ކޮމިޝަނާ ގުޅިގެން މި މަސައްކަތް ފަށްޓަވާނެ ކަމަށެވެ. މި އެލަވަންސް ދިނުމުގައި ބަލާނީ ހެކީގެ މައްޗަށާއި، ކުރެވޭ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، މުވައްޒަފުން ކުރާ މަސައްކަތުގެ ނިސްބަތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކައުންސިލް މުވްޒަފުންގެ މުސާރަ މުސާރަ ބޮޑުކުރި ކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، ހަގީގަތުގައި ގިނަ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ވެރިންގެ ހާޒިރީ އެލަވަންސް ބޮޑުވެފައި، އެހެން މުވައްޒަފުންގެ އެލަވަންސް މަދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ރިޔަންދު ވިދާޅުވީ އޭނާގެ އަމާޒަކީ މުވައްޒަފުންނަށް ހައްގުވާ މިންވަރު ހޯދައިދީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އަދި މުނިސިޕަލް އެލަވަންސްގެ ސަބަބުން މުވައްޒަފުންގެ މާލީ ހާލަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved