February 28, 2026
Advertisement
Modi
Modi / ސީ.އެން.އެން

ފަލަސްތީނުގެ ގިލަންވެރިކަމަށް ބެލުމެއްނެތި، އިޒްރޭލަކީ "ފާދާލޭންޑް" ކަމަށް މޯދީ ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 27, 2026, 10:14 PM
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި، އިޒްރޭލަކީ ދުނިޔޭގެ "ފާދަލޭންޑް" ކަމަށާއި އިންޑިއާއަކީ "މަދަރލޭންޑް" ކަމަށް ސިފަކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައިނަލްއަޤުވާމީ މައިދާނުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Advertisement

އިޒްރޭލުގެ ތަލް އަވީވްގައި ބޭއްވި މި ބައްދަލުވުމުގައި މޯދީ މިފަދައިން ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ވަރުގަދަކަން ހާމަކުރުމުގެ ގޮތުންނެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރަކު އިޒްރޭލަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވާއިރު، މި ދަތުރުގައި ދިފާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

ނަމަވެސް، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު، އިޒްރޭލަކީ "ފާދާލޭންޑް" ކަމަށް މޯދީ ސިފަކުރެއްވުމަކީ ފަލަސްތީނުގެ ހައްގުތަކަށްވުރެ ޒަޔަނިސްޓު ފިކުރަށް އިންޑިއާއިން ބޮޑު އިސްކަމެއް ދޭކަމުގެ ހެއްކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޚާއްޞަކޮށް، މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެވޭ މޯދީ، އިޒްރޭލުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފެނިގެންދިއުމަކީ އިސްލާމީ އުންމަތަށް ކުރިމަތިވި އިތުރު ގޮންޖެހުމެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ. މި ވާހަކަތަކުގެ ސަބަބުން، އިންޑިއާގެ ސިޔާސަތު ފަލަސްތީނުގެ މިނިވަންކަމާ ދެކޮޅަށް ބަދަލުވަމުންދާ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved