February 28, 2026
Advertisement
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

މުއިއްޒު ކަޑަ ޖައްސައިގެން ވެސް ކުރެވުނު ކަމެއް ނެތް: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Feb 28, 2026, 12:54 AM

ރައީސް މުހައްމަދު މުއިއްޒު ކަޑަ ޖައްސަވައިގެން ވެސް ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް ރައީސް އަބްދުالله ޔުާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް  ޔާމީން މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް  ޔާމީން ވިދާޅުވީ އަޅުގަނޑުމެން ގެ ތެރޭގައި ހުރި  މައްސަލަތަކުގެ ވާހަކަ ދައްކަންޏާ ދައްކަންޖެހޭނެ އެތައް ވާހަކައެއް ހުންނާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ  ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ހޮއްވަން ބޭނުންވަނީ ސިޔާސީ ފިކުރުން އެއްްކިބާވެފައި ހުރި، ސިޔާސީ ލީޑަރަކު އަންގާ އެންގުމަކަށް ބެލުމެއް ނެތި ހަމަަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރާނެކަމުގެ ގާބިލުކަން ހުރުމުންކަމަށެވެ.

ޒަރިޔަންދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ދޭނެ ކެންޑިޑޭޓެއްކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެެއްވިއެވެ.

"އިންޓެގްރެސީއާއި ކޮރަޕްޝަނުން ފްރީ، އަދި ތެދުބަހުން ވާހަކަ ދައްކާ، ދެންމެ އެ ވިދާޅުވިގޮތަށް  ހިދުމަތް ޑެލިވަރ ކޮށްދެވޭނެ ވަރުގެ ދެ އުމުުރު ބައްދާ ދެ އުމުރުފުރާގެ ބޭފުޅަކު ނަގަން" ރައީސް ޔާމީން 

ރައީސް ޔާމީން ވަނީ ސަރުކާރުން ކައުންސިލް އިންތިޚާބު ނަގައިގެން ވެސް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިހާރު ނެތްކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ  ޒަރިޔަންދު ހޮވައިގެން މާލެ ސިޓީގެ ހުރިހާކަމަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved