February 28, 2026
Advertisement
Iran
Iran / ނިއުޔޯކް ޓައިމްސް

ތެހެރާނަށް ސަހްޔޫނީންނާއި އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 12:20 PM
މާލެ ސިޓީ

އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ސަހްޔޫނީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް "ޕްރިވެންޓޭޓިވް" ނުވަތަ ދިފާއީ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

Advertisement

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ދޭން ފެށި މި ހަމަލާތަކަކީ އީރާނުން ކުރިއަށް އޮތް ތަނުގައި ދީފާނެ ހަމަލާއަކުން ރައްކާތެރިވުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އެމެރިކާާއި ސަހްޔޫނީން ބުނެއެވެ. ތެހެރާނުގެ މަންޒަރު ދުށް މީހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި، ގޮވުންތަކުގެ އަޑު އިވިފައިވަނީ އަސްކަރީ މަރުކަޒުތަކާ ގާތް ސަރަހައްދުތަކުންނެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، މިއީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އީރާނުން ދެމުންދާ އެއްބާރުލުން ހުއްޓުވުމަށް ދިން ހަމަލާއެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ހަމަލާގައި ބައިވެރިވެފައިވަނީ ސަހްޔޫނީންގެ ދިފާއުގައި ކަމަށް ބުނެ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން އަނެއްކާވެސް މިވަނީ ހާމަވެފައެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން އީރާނުން ވަނީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަންނަ ކޮންމެ ފަރާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިންޒާރު ދީފައެވެ. ސަހްޔޫނީންނާއި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved