February 28, 2026
Advertisement
Iran
Iran / ސޯޝަލް މީޑިއާ

އީރާނަށް ދެމުންދާ ހަމަލާތަކަކީ އެމެރިކާއާއި ސަހްޔޫނީން ގުޅިގެން ހިންގާ އުދުވާނެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 12:27 PM
މާލެ ސިޓީ

އީރާނުގެ އެކި ސަރަހައްދުތަކަށް މިހާރު ދެމުންދާ ހަމަލާތަކަކީ އެމެރިކާއާއި ސަހްޔޫނީ އިސްރާއީލު ގުޅިގެން ހިންގާ "ޖޮއިންޓް އޮޕަރޭޝަނެއް" ކަމަށް އިސްރާއީލުގެ ސަލާމަތީ މަސްދަރަކުން ރިޕޯޓްކޮށްފިއެވެ. އިސްރާއީލުގެ ޗެނަލް 12 އަށް މައުލޫމާތު ދެމުން އެ މަސްދަރުން ބުނެފައިވަނީ، މި ހަމަލާތައް އަމާޒުކުރަމުންދަނީ އިސްރާއީލަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.

Advertisement

މި އުދުވާނަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި ސަހްޔޫނީން ވަނީ ސަރަހައްދީ ކަނޑުގެ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަނަވަރުތަކާއި ޒަމާނީ ހަތިޔާރުތައް ޖަމާކޮށް، ބޮޑު ހަނގުރާމައަކަށް ތައްޔާރުވެފައެވެ. މިއީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ ވަރަށް ނުރައްކާތެރި އަމަލެކެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކުން މީހުން މަރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، މިހާތަނަށް ކަށަވަރުކުރެވުނު މައުލޫމާތަށް ބަލާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދިވެސް ހަމަލާތައް ކުރިއަށްދާތީ މަރުވި މީހުންގެ ސީދާ އަދަދު ދަނީ އިތުރުވަމުންނެވެ.

އީރާނުން ދީފާނެ ރައްދު ހަމަލާއަކަށް ބިރުން، ސަހްޔޫނީން ވަނީ އެ ގައުމުގެ އާންމުން ރައްކާތެރި ސަރަހައްދުތަކުގެ ކައިރީގައި މަޑުކުރުމަށް އަންގާފައެވެ. ނަމަވެސް، އެ ގައުމުގެ އެތެރޭގެ ހާލަތު އޮތްގޮތުން އެ ސަރަހައްދުގެ ސޭފް ހައުސްތަކަށް މިވަގުތު ނުވަދެވޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިހާތަނަށް އިސްރާއީލަށް އެއްވެސް މިސައިލް ހަމަލާއެއް އައި ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved