April 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

ޕީޕީއެމްގެ ފިކުރު ތަޣައްޔަރު ނުވޭ، ނުވެސް ކުރެވޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2024, 05:15 AM
މާލެ ސިޓީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފިކުރު ތަޣައްޔަރުކުރަން ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތްކުރެއްވި ނަމަވެސް އެކަން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެއްގެ ތެެރެއިންނެވެ.

ރަައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްއަކީ ހަރުދަނާ އުސޫލުތަކެއް މައްޗަށް ބިނާވެފައި އޮތް ޕާޓިއެއް ކަމަށާ އެހެންކަމުން އެ ޕާޓީއާ ކުޅުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށެވެ.

އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަކީ ޚުދު އެމަނިކުފާނު ފަރުމާ ކުރެއްވި އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު އޮތީ ޕީއެންސީގެ ސަރުކާރެއް ކަމަށާ އެހެންކަމުން ޕީޕީއެމްގެ ފިކުރަށް އަދި ގހަވާއިދަށް ވެސް އެމިހުން ބޯނުލަނބާނެ ކަމަށެވެ.

އޭގެ އޮތް ސަބަބަކީ ރައީށް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ފިކުރު ތަޣައްޔަރުކުރުން ފަސޭހަ ނުވުމެވެ.

ޕީޕީއެމްގެ ފިކުރު ތަޣައްޔަރެއް ނުވޭ، ނަމަވެސް ޕާޓީގެ ދެ ނައިބުން ޕާޓީ ހިންގަން ނޫލޫމަކީ މުޅިން އެހެންކަމެއް. އެއީ އަދިވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު ބިޔަ ފިކުރު. އެ ފިކުރަކާ ނުވެސް ކުޅުވޭނެ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމަށް އިހުމާލުވެ މެމްބަރުން ނިކަމެތިކުރުމުގެ ފުރިހަމަ ޒިންމާ ސަރުކާރުގެ ބައެއެް ވެރިން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved