March 1, 2026
Advertisement
Iran
Iran / ސޯޝަލް މީޑިއާ

ޚާމަނާއީ ހުންނެވީ ސާބިތުކަމާއެކު، ދޮގު ޚަބަރުތައް ނުފަތުރާ: އިރާން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 1, 2026, 02:39 AM
މާލެ ސިޓީ

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ބުނެ އިޒްރޭލުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށާއި، ޚާމަނާއީ ހުންނެވީ ގައުމުގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ސާބިތުކަމާއެކު ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

އީރާނުގެ ސެމީ އޮފިޝަލް ނޫސް އެޖެންސީތައް ކަމަށްވާ "ތަސްނީމް" އަދި "މެހްރު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަހްޔޫނީން ފަތުރަމުންދާ މި ދޮގު މަޢުލޫމާތުތަކަކީ އީރާނުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ހިންގާ ޕްރޮޕެގަންޑާއެކެވެ. އިޒްރޭލުން ބުނަމުންދަނީ އެގައުމުން ދިން ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ވަނީ މިކަން ދޮގުކޮށް، ޚާމަނާއީ ހުންނެވީ ފުރިހަމަ ޞިއްޙަތެއްގައި، ގައުމުގެ ކޮމާންޑް އެންޑް ކޮންޓްރޯލްގައިކަން ހާމަކޮށްފައެވެ.

މި ދޮގު ޚަބަރުތައް ފެތުރިފައި މިވަނީ މެދުއިރުމަތީގެ މަސްރަޙު ނުހަނު ބޮޑަށް ގޯސްވެ، އިޒްރޭލާއި އީރާނާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ ސަހްޔޫނީންގެ އެއްވެސް ހަމަލާއަކަށް ފަސްނުޖެހި ރައްދުދޭނެ ކަމަށް ބުނެފައެވެ.

ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، އީރާނުގެ އަސްކަރިއްޔާއިން އަންނަނީ އިޒްރޭލުގެ ހަމަލާތަކުން ދިފާޢުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ޚާމަނާއީގެ އިރުޝާދުގެ ދަށުން އީރާނުގެ ސިފައިން ތިބީ ކޮންމެ ވަގުތަކުވެސް ދިފާޢުގައި ނުކުތުމަށް ތައްޔާރަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved