March 1, 2026
Advertisement
މުއިއްޒު އަދި ހާމާނާއީ
މުއިއްޒު އަދި ހާމާނާއީ / ސޯޝަލް މީޑިއާ

ޚާމާނާއީ ޝަހީދުކޮށްލިއިރު މުއިއްޒު ހަނު: ދިދަ ބައިދަނޑިއަށް ތިރިކުރަނީ ހަމައެކަނި ޣައިރު މުސްލިމުންނަށް؟

Yana Shareef
ޔާނާ ޝަރީފް
Mar 1, 2026, 07:22 PM

އިރާނުގެ ރޫހާނީ ލީޑަރު  އާޔަތުالله އަލީ ހާމާނާއީ އާއި އޭނާގެ އާއިލާގެ މެންބަރުން، ޔަހޫދީ އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާތަނަށްވެސް އެއްވެސް ތައުޒިޔާއެއް ފޮނުވާފައި ނުވާތީ އާންމުން ފާޑުކިޔަން ފަށައިފިއެވެ.

Advertisement

އިޒްރޭލުގެ މި އުދުވާނީ ހަމަލާ ސަރުކާރުން ކުށްވެރިކޮށްފައިވަނީވެސް، އާންމުން ސޯޝަލް މީޑިއާގައި ސަރުކާރުގެ ހަނުހުރުމާ މެދު ސުވާލު އުފައްދައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަން ފެށުމުން، ރޭގެ ވަގުތެއްގައެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، ޣައިރު މުސްލިމް ނުވަތަ ކާފަރު ގައުމުތަކުގެ އިސްވެރިން މަރުވުމުން ވަގުތުން ތައުޒިޔާގެ ފަތިފައްޗަށް މެސެޖުތައް ފޮނުވައި، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށް ހިތާމަ ފާޅުކުރާ މި ސަރުކާރަށް، އިސްލާމީ ބޮޑު ލީޑަރަކު ޝަހީދުވުމުން ތައުޒިޔާގެ ބަހެއް ބުނަން ނުކެރުމަކީ ލަދުވެތި ކަމެކެވެ.

މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ހުޅަނގުގެ ނުފޫޒާއި ސިޔާސީ މަސްލަހަތު އިސްކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ހަމަލާ ކުށްވެރިކުރި ނަމަވެސް، ޝަހީދުވި ލީޑަރާއި އޭނާގެ އާއިލާއަށް ތައުޒިޔާ ބުނުމަށް ރައީސް މުއިއްޒު ފަސްޖެހުމަކީ، މި ސަރުކާރުން ގެންގުޅޭ "އިސްލާމީވަންތަ" ސިޔާސަތަކީ ހަމައެކަނި ދައްކާލުމެއްކަން ހާމަވާ ކަމެއް ކަމަށް ފާޑުކިޔުންތެރިން ބުނެއެވެ.

އަދި މިއީ އިސްލާމީ އުންމަތުގެ ހިތާމައިގައި ބައިވެރިވުމުގެ ބަދަލުގައި، ވަކި ބައެއްގެ ރުހުން ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ސިފަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved