
ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އިސްރާފުކުރުން ހުއްޓާލުމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން 130 އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާ އިތުރު 30 ރަށުގައި ގާއިމްކުރެވޭ ޖިމްތަކުގެ މަސައްކަތް ނިމުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްވެ ނިމޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެފައިވާ ވުމަށް އިޝާރާތްކުރައްވާ އަލީ އެކްސްގައި ވިދާޅުވެފައިވަނީ ކަސްރަތުކޮށް ފަތާ ހަދަން އޮތް މޫދާއި އެހެނިހެން ތަންތަން މިހާރުވެސް މަދު ނޫން ކަމަށެވެ.. އެހެންކަމުން އިސްރާފު ކުރުން ހުއްޓާލަން އަލީ ވަނީ ގޮވާލައްވާފައެވެ.
އަލީގެ މިފަދަ ގޮވާލުމެއް ގޮވާލައްވާފައިވަނީ މިވަގުތު ބޮޑޫ ަހގުރާމައެއް ދުނިޔޭގައި ހިނގަމުންދާއިރު އެކަމުގެ އަސަރު ރާއްޖެއަށް ކުރުން ގާތް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނިކޮށެވެ. މުހައްލިލުން ބުނާ ގޮތުގައި މެދު އިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރާއްޖެއަކީ މައިގަނޑު ގޮތެއްގައި އިމްޕޯޓަށް ބަރޯސާވުމާ އަދި ޓުއަރިޒަމްއިން އިގްތިސޯދު މައިގަނޑު ގޮތެއްގައި މެނޭޖު ކުރަމުންދާ ބަޔަކަށް ބުމުން ހަނގުރާމައިގެ އަސަރު ބޮޑުކޮށް ރާއްޖެއަށް ކުރުމުގެ ފުރުސަތު އެބައޮތެވެ.










