March 9, 2026
Advertisement
Maleeh
Maleeh / މިހާރު

ޤާނޫނުއަސާސީގެ ދިފާއުގައި މުއިއްޒާއި ދެކޮޅަށް ބަސްބުނަންޖެހޭ ވަގުތު ޖެހިއްޖެ: މަލީޙް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 9, 2026, 12:04 PM
މާލެ ސިޓީ

ޤާނޫނު އަސާސީގެ ދިފާއުގައި ރައީސް މުޢިއްޒާ ދެކޮޅަށް ބަސްބުނެ، ރައްޔިތުން ނިކުންނަންވީ ވަގުތު ޖެހިފައިވާ ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ އިސް މަޤާމުތަކުގައި ކުރިން ތިއްބެވި ބޭބޭފުޅުން މިކަމާ ދެކޮޅަށް ބަސްބުނަން ފެށުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް ބަލިވަމުންދާ ކަމުގެ ހެއްކެކެވެ.

މަލީހްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމަށް ކުރާ މަސައްކަތަކީ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް އިލްމީ އަދި ސިޔާސީ ބޭފުޅުން ފާޅުގައި ވާހަކަ ދައްކަވަން ފެށުމަކީ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ މައްސަލާގައި ރާއްޖޭގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް، މިއީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ހުރަހެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

މި ދަނޑިވަޅަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙު ހޫނުވެފައިވާ ވަގުތެއް ކަމަށްވާއިރު، ސަރުކާރުގެ އިސްވެރިން އަންނަނީ މި އިޞްލާޙުތަކަކީ ޚަރަދު ކުޑަކުރުމުގެ ގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ބާރުތައް މުށުތެރެއަށްލުމަށް ކުރެވޭ މަސައްކަތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved