March 11, 2026
Advertisement
Switzerland President
Switzerland President / ނިއުޔޯކް ޓައިމްސް

މުއިއްޒަށް ވުރެ ރަނގަޅަށް ސްވިޓްޒަލޭންޑްވެސް އިރާންގެ ދިފާޢުގައި ތެދުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 10, 2026, 05:39 PM
މާލެ ސިޓީ

އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނީ ޢަމަލުތަކާއި ހަނގުރާމައިގެ ނުރައްކަލާ ގުޅިގެން، ވިލާތުގެ ބާރެއް ކަމަށްވާ ސްވިޓްޒަލޭންޑުން އިރާނުގެ ދިފާޢުގައި ބަސްބުނެ، ބައިނަލްއަޤުވާމީ މައިދާނުގައި ތެދުވެއްޖެއެވެ.

Advertisement

ސްވިޓްޒަލޭންޑުން މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ދިވެހިރާއްޖޭގެ ރައީސް މުއިއްޒުގެ ސަރުކާރުން މުސްލިމް ޤައުމެއްގެ ދިފާޢުގައި ބަސްބުނަން ނުކެރި ފަސްޖެހެމުންދާތީ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސްވިޓްޒަލޭންޑުން ވަނީ މެދުއިރުމަތީގެ ހަމަޖެހުމަށްޓަކައި އިރާނުގެ އިސްތިޤުލާލަށް އިޙުތިރާމްކުރުމަށާއި، އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. ނަމަވެސް، އިސްލާމީ އުއްމަތުގެ ޙައްޤުގައި ވަކާލާތުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައި މުއިއްޒު ސަރުކާރުން ފެންނަނީ އެމެރިކާއާއި އިޒްރޭލުގެ ނުފޫޒުގެ ދަށުވެފައިވާ މަންޒަރެވެ.

މި މައްސަލައިގައި ރައްޔިތުންގެ ފަރާތުން އަންނަ ބޮޑު ޕްރެޝަރާ ގުޅިގެން، ސަރުކާރުން ނަމަކަށް ބަޔާނެއް ނެރުނު ނަމަވެސް، އެ ބަޔާނުގައި އިޒްރޭލާއި އެމެރިކާގެ ނަން ސީދާކޮށް ބޭނުންކޮށް ކުށްވެރިކުރުމަށް ވަނީ ނުކުޅެދިފައެވެ. މިއީ މުއިއްޒު ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ އިޒްރޭލާއި އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށްކަން ހާމަވާ ސާފު ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިރާނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާ މެދު ވިލާތުގެ ޤައުމުތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރާއްޖެ ފަދަ ސައްތައަކުން ސައްތަ މުސްލިމް ޤައުމެއްގެ ވެރިކަމުގައި ހުންނެވި މުއިއްޒު އިސްލާމީ އަޚުވަންތަކަމަށްވުރެ ބޮޑަށް ހުޅަނގުގެ ބާރުތަކަށް ބޯލަނބަމުންދާ ދިއުމަކީ ދިވެހި ތާރީޚުގައިވެސް ފެނިގެންދާ ހިތާމަވެރި މަންޒަރެކެވެ. ރައްޔިތުން ގޮވާލަމުންދަނީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް އިސްލާމީ އުއްމަތުގެ ދިފާޢުގައި ސާބިތުކަމާއެކު ބަސްބުނުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved