March 11, 2026
Advertisement
-
- / ބީބީސީ

އީރާނުން އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 11, 2026, 12:56 PM
މާލެ ސިޓީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިސްރާއީލުގެ ވެރިރަށް ޓެލް އަވީވްއަށާއި އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހައިޕަރސޮނިކް މިސައިލް ހަމަލާތަކެއް ދީފިއެވެ.

Advertisement

މި ހަމަލާގައި އީރާނުން ބޭނުންކޮށްފައިވަނީ 1.5 ޓަނުގެ ގޮވާތަކެތި އުފުލުމުގެ ގާބިލުކަން ލިބިގެންވާ، އަޑަށްވުރެ ފަސްގުނަ ހަލުވި މިސައިލްތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން، މި މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު، ކަނޑައެޅިފައިވާ އަމާޒުތަކަށް ވަނީ ވެއްޓިފައެވެ.

މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ކަށަވަރުވެފައެވެ. މީގެ ތެރޭގައި ވައިގެ ބަނދަރުތަކާއި، ރާޑަރު ސިސްޓަމްތަކުގެ އިތުރުން މުހިންމު އަސްކަރީ މަރުކަޒުތަކެއް ހިމެނޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އީރާނުން ހާމަކުރި ގޮތުގައި، މި ހަމަލާއަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އީރާނުގެ މަސްލަހަތުތަކަށް އަރައިގަންނަމުންދާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. މި ހަމަލާއާ ގުޅިގެން މުޅި ސަރަހައްދުގެ މަސްލަހަތު ވަނީ ނުހަނު ބޮޑަށް ގޯސްވެފައެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ރައްޔިތުން ރައްކާތެރި ހިޔާވަހިކަން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ހަމަލާއަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ. ނަމަވެސް އީރާނުން އިންޒާރު ދީފައިވަނީ އިސްރާއީލުން ރައްދު ހަމަލާއެއް ދީފިނަމަ، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved