March 11, 2026
Advertisement
ފަހު ދިހައެއްގައި، މުއިއްޒުގެ އޮޅުވާލުންތަކުން ގައުމު ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރައްވާ: މަލީހު
ފަހު ދިހައެއްގައި، މުއިއްޒުގެ އޮޅުވާލުންތަކުން ގައުމު ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރައްވާ: މަލީހު / ސޯޝަލް މީޑިއާ

ފަހު ދިހައެއްގައި، މުއިއްޒުގެ އޮޅުވާލުންތަކުން ގައުމު ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރައްވާ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2026, 04:11 PM
މާލެ ސިޓީ

މާތް ވެގެންވާ ރަމަޟާން މަހުގެ އެންމެ މާތްކަން އިތުރުވެގެންވާ ފަހު ދިހައެއްގައި، ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ އޮޅުވާލުންތަކުން ގައުމު ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރެއްވުމަށް ޕީއެންއެފްގެ ސެލެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ގޮވާލަެއްވީ ސޯޝަލް މީޑިޔާ ޕްލްޓު ފޯމު "އެކްސް"ގައި ކުރެއްިވި ޕޯސްޓެއްގައެވެ.

މަލީހު ވަނީ. ރައީސް މުއިއްޒަށް ވެރިކަން ލިބުމުން އަމިއްލަ ތަރިކަ މުދަލަށް ހަދާ ޤައުމު ލޫޓުވާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ހުސްގޮނޑިޔާ އެމަނިކުފާނަށް އޭރު ޖަލުގައި ލިބެމުން ދިޔަ އަނިޔާއާއި ދެކޮޅަށް ރައްޔިތުން ދިން ވޯޓަށް ވެސް ރައީސް މުއިއްޒު ބޭވަފާތެރިވެފައިވާ ކަމަށާ އެހެންކަމުން އޭރުވެސް އޮޅުވާލުމަށް ފަހު މިހާރު ވެސް ރައީސް މުއިއްޒު ގެންދަވަނީ ގިނަ ކަންކަން ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، މާތްވެގެން ރަމަޟާން މަހުގެ ފަހު ދިހައިގެ މި މާތް ދުވަސްތަކުގައި އެހެންކަމުން ދިވެހި ހުރިހާ ރައްޔިތުންވެސް، މުއިއްޒު ރައްޔިތުންނަށް އޮޅުވާލަމުންދާ ދިއުމުގެ ހަގީގަތް ފާޅުކޮށްދެއްވުމަށާ އޮޅުވާލަމުންދާ ދިއުމުން ރައްޔިތުންނާ ގައުމު މިންޖުކޮށްދެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދެންނަމުން މުހިއްމު ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒަކީ ބަހާ އަމަލާ ދިމާ ނުވާ މުުނާފިގު ދޮގުވެރިއެއްގެ ގޮތުގައި ސިފަ ކުރާ ރައްޔިތުން ދަނީ އިތުރވަމުންކަން ފާހަގަކޮށްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved