March 11, 2026
Advertisement
-
- / ސީ.އެން.އެން

އީރާނުގެ ހިޓް ލިސްޓުގައި އިސްރާއީލާއި ހުރި ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތައް ހިމަނައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 11, 2026, 04:54 PM
މާލެ ސިޓީ

އީރާނުން ދެމުންދާ އިންޒާރުތައް އިތުރަށް ފުޅާކޮށް، އިސްރާއީލުގެ އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި ބައިނަލްއަގުވާމީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އޮފީސްތަކަކީ "އަމާޒުތަކެއް" ކަމަށް ކަނޑައަޅައި، އެ ތަންތަނުގެ ލިސްޓެއް އާންމުކޮށްފިއެވެ.

Advertisement

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން އާންމުކުރި މި "ހިޓް ލިސްޓު" ގައި އިސްރާއީލުގެ އިތުރުން ދުބާއީ އާއި އަބޫދާބީގައި ހުރި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓެކް ކުންފުނިތަކުގެ އޮފީސްތައް ހިމެނެއެވެ. މީގެ ތެރޭގައި ގޫގުލް، އެމެޒޯން، މައިކްރޮސޮފްޓް، އެންވީޑިއާ، އައިބީއެމް، އޮރެކަލް އަދި ޕަލަންޓިރު ފަދަ ކުންފުނިތައް ހިމެނެއެވެ.

މި ނިންމުމާއެކު، މެދުއިރުމަތީގައި ހުރި ބައިނަލްއަގުވާމީ ޓެކްނޮލޮޖީގެ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ. އީރާނުން ބުނަމުންދަނީ މި ކުންފުނިތަކަކީ އިސްރާއީލުގެ އަސްކަރީ އަދި ޖާސޫސީ މަސައްކަތްތަކަށް އެހީތެރިވެދޭ ތަންތަން ކަމަށެވެ.

މި އިންޒާރުތަކާ ގުޅިގެން ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑެތި ކުންފުނިތަކުންނާއި އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ. ޚާއްޞަކޮށް ޔޫއޭއީ ފަދަ ވިޔަފާރީގެ މަރުކަޒުތަކުގައި ހުރި މިފަދަ އޮފީސްތަކަށް އަމާޒުކޮށް ހަމަލާއެއް ދީފިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކުރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުންނާއި ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރަހައްދީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާއި ދެކޮޅަށް ފެށި މި އުދުވާނުގައި އިރާން އަންނަނީ އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް ވަރުގަދަ ހަމަލާތައްދީ ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved