
އިރާގުގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ އެމެރިކާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "ސޭފްސީ ވިޝްނޫ" އަށް އީރާނުން ކަނޑުއަޑީގެ ޑްރޯން ބޭނުންކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދީފި ކަމަށް ބައިނަލްއަގުވާމީ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
މި ހަމަލާ ދީފައިވަނީ ރޭގަނޑުގެ ވަގުތެއްގައި، ކަނޑުގެ އަޑިން ދަތުރުކުރާ ޑްރޯންތަކެއް ބޭނުންކޮށްގެންނެވެ. މިއީ ފަހަކަށް އައިސް އެމެރިކާގެ މުދާ އުފުލާ އުޅަނދުތަކަށް އަމާޒުކޮށް އީރާނުން ދިން އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ހަމަލާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާ ދީފައިވަނީ އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އީރާނުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގެ އަސްކަރީ ބާރުތައް، ހާއްސަކޮށް އެމެރިކާގެ ސިފައިން ފޭބުމަށެވެ.
މި ހަމަލާގެ ސަބަބުން "ސޭފްސީ ވިޝްނޫ" އަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ސަރަހައްދީ ރައްކާތެރިކަމަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
އިރާނުން އެމެރިކާއާ ދެކޮޅަށް ދެމުންދާ ހަމަލާތައް އަންނަނީ ވަރުގަދަވެ އިޒްރޭލާއި އެމެރިކާއަށް ހިފަހައްޓާނުލެވޭ ވަރަށް ހަމަލާތައް ދެމުންކަން ފާހަގަކުރެވެއެވެ.










