March 12, 2026
Advertisement
-
- / އަލްޖަޒީރާ

ޔޫއޭއީގައި ހުރި އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ފޭލްވެ، އީރާނުގެ މިސައިލް ހުއްޓުވޭގޮތް ނުވި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 12, 2026, 05:09 PM
މާލެ ސިޓީ

ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުން އީރާނުގެ މިސައިލެއް ހުއްޓުވުމަށް ފޮނުވާލި "ޕެޓްރިއޮޓް" މަރުކާގެ ހަތަރު މިސައިލްވެސް އަމާޒަށް ވާސިލްނުވެ ފޭލްވެއްޖެއެވެ. މި ހާދިސާއާއެކު ދުނިޔޭގެ އަސްކަރީ މައިދާނުގައި އެމެރިކާގެ ބާރު ކުޑަވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ޔޫއޭއީގެ ވައިގެ ސަރަހައްދަށް ވަން އީރާނުގެ މިސައިލެއް ހުއްޓުވުމަށް އެމެރިކާގެ އަސްކަރީ މަރުކަޒުން މަސައްކަތް ކުރުމުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާގޮތުން، އެމެރިކާގެ އެންމެ ކުރިއަރާފައިވާ ދިފާއީ ނިޒާމު ކަމަށްވާ "ޕެޓްރިއޮޓް" ސިސްޓަމުން ފޮނުވާލި ހަތަރު މިސައިލަށްވެސް އީރާނުގެ މިސައިލް މަތަކޮށްލެވޭ ގޮތް ވަނީ ނުވެފައެވެ.

މި ނާކާމިޔާބީއާ ގުޅިގެން އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ އެމެރިކާގެ ޓެކްނޮލޮޖީއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ. އަދި މިއީ އީރާނުގެ މިސައިލް އުފެއްދުމުގެ ގާބިލުކަން އިތުރުވެ، އެމެރިކާގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ބާރު އެގައުމަށް ލިބިފައިވާކަން ހާމަކޮށްދޭ ހެއްކެއް ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ހާދިސާގެ ސަބަބުން ގަލްފުގެ ގައުމުތަކުގައި ތިބި އެމެރިކާގެ އިއްތިހާދީންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުގެ ގޮތުގައި އޮތް އެމެރިކާގެ ނުފޫޒު މެދުއިރުމަތީގައި ކުޑަވަމުންދާ ކަމުގެ ބަހުސް މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ހާއްސަކޮށް، ބިލިއަނުން ހަރަދުކޮށްގެން އުފައްދާފައިވާ ދިފާއީ ނިޒާމުތައް މިފަދަ ދަނޑިވަޅުތަކުގައި ފޭލްވުމަކީ އެމެރިކާގެ އަސްކަރީ ކާމިޔާބީއަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ޕެންޓަގަންއިން ރަސްމީކޮށް ވަކި އެއްޗެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ހާދިސާއަކީ އެމެރިކާގެ އަސްކަރީ ބާރު ދަށްވަމުންދާ ކަމަށް ބުނާ ވާހަކަތަކަށް ލިބުނު އިތުރު ބާރަކަށް ވަނީ ވެފައެވެ. މީގެ އިތުރުން، އިސްލާމީ އުންމަތުގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް ވާގިވެރިވާ ގައުމުތަކުގެ އަސްކަރީ ބާރު މިފަދަ ގޮތްގޮތަށް ބަލިކަށިވުމަކީ މުޅި ސަރަހައްދުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved