March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަރުކާރުން ކޮންމެ ދޮގެއް ހެދިޔަސް އަތް ޖަހާ މީހުން ހަމަ އަތް ޖަހަން ތިބެންވީތޯ: އަލީ އާދަމް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 13, 2026, 03:48 AM
މާލެ ސިޓީ

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާގައި އެދުމާ ގުޅިގެން، އަލީ އާދަމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

Advertisement

އަލީ އާދަމް ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ބޮޑުއަށި ތަޅުންދަށުގައި ފޮރުވައިގެން ގެންގުޅުނު "ބުޅާ ގޯނިން ނިކުމެ ދުއްވައިގަތީ" ކަމަށެވެ. މިއީ ސަރުކާރުން މިހާތަނަށް ފޮރުވަން އުޅުނު ހަގީގަތްތައް ހާމަވެގެން ދިޔުން ކަމަށް އޭނާ ސިފަކުރިއެވެ. އަދި އޮޅުވާލުމާއި ދޮގު ހެދުމުގެ ސަގާފަތެއް އޮތް ނަމަވެސް، ހަގީގަތް އެނގޭ މީހުންނަށް އޮޅުވާނުލެވޭނެ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ޕޯސްޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ތެލުގެ އަގުބޮޑުވެ ދަތިތަކާ ކުރިމަތިވުމުން ކެބިނެޓްގެ މުސާރަ ކަނޑާލައިގެންވެސް ޚަރަދު ކުޑަކުރާ ކަމަށެވެ. ނަމަވެސް، ދިވެހި ސަރުކާރުން ބޭކާރު ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް ތެލުގެ އަގު ބޮޑުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރަމުން އަލީ އާދަމް ބުނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޚަރަދުތަކުން ކުޑަ މިންވަރެއްވެސް އުނިކުރަން ބޭނުންނުވާ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ރައްޔިތުން ހަމައެކަނި ބަލަން ތިބެގެން ނުވާނެ ކަމަށާއި، ސަރުކާރުގެ މި އަމަލުތަކަކީ "ބޮޑުވަރު" ކަމަށް ބުނެ އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ރާއްޖެއަށް ބޭނުންވާ ތެލުގެ ކަންކަމުގައި އިންޑިއާގެ އެހީތެރިކަމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވާތީ އެކަމާއި ދެކޮޅަށް ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved