March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅަށް ތެލްއަވީވްގައި އަޑުއުފުލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 15, 2026, 12:48 AM
މާލެ ސިޓީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި، އިސްރާއީލުގެ ތެލްއަވީވްގައި ހުންނަ ހަބީމާ މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ މުޒާހަރާކޮށްފިއެވެ.

Advertisement

މިއަދު ހަވީރު ކުރިއަށްދިޔަ މި އެއްވުމުގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ބައިވެރިވެފައިވެއެވެ. އަރަބި-އިސްރާއީލީ ނޫސްވެރިއެއް ކަމަށްވާ ޔަނާލް ޖަބާރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ދިޔައީ ހަނގުރާމައާ ދެކޮޅަށް ވަރުގަދަ ޝިއާރުތަކުން އަޑުއުފުލަމުންނެވެ. އެގޮތުން "ސްކޫލް ކުދިންގެ ގަބުރުތަކުގެ މަތީގައި ޑިމޮކްރަސީއެއް ބިނާއެއް ނުކުރެވޭނެ" ކަމަށާއި، އިސްރާއީލުގެ ޕައިލެޓުން ބޮންއެޅުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

މި މުޒާހަރާ ބާއްވާފައި މިވަނީ، ފާއިތުވި ހަފުތާތަކުގައި އިސްރާއީލުގައި ބޭއްވި މިފަދަ އެއްވުންތައް ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ބައެއް މީހުން ހައްޔަރުކޮށްފައިވާ ނުތަނަވަސް ދަނޑިވަޅެއްގައެވެ.

އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓުން މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ ޔަހޫދީ އާބާދީގެ 93 އިންސައްތަ މީހުން މި ހަނގުރާމައަށް ތާއީދުކުރެއެވެ. ނަމަވެސް، އަރަބި ދަރިކޮޅުގެ އިސްރާއީލީންގެ ތެރެއިން ހަނގުރާމައަށް ތާއީދުކުރަނީ އެންމެ 26 އިންސައްތަ މީހުންނެވެ. އެ ދަރިކޮޅުގެ 74 އިންސައްތަ މީހުން ތިބީ ހަނގުރާމައާ ދެކޮޅަށެވެ.

އިސްރާއީލުން ގާޒާއާއި ލުބުނާނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އެ ގައުމަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved