
ސަހްޔޫނީން އީރާނުގައި ފިރިހެން ކުދިން ކިޔަވާ ސްކޫލަކަށް ބޮންއަޅައި ސުންނާފަތިކޮށްލައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލާއި ގުޅިގެން އީރާންގެ ކޯމެއިން ސިޓީގެ ޝާހިސް ކޯމެއިން ސްކޫލަށް ބޮން އަޅާފައިވާ ކަމަށެވެ. އެ ހަމަލާ ދީފައިވަނީ އިރުއެރި ވަގުތުގައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
އެ ހަމަލާއާއި ގުޅިގެން އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެ ސްކޫލް އެއްކޮށް ވަނީ ސުންފާތިކޮށްލާފައި ކަމަށާއި ކައިރީގައި ހުރި ގެތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި މިއަދާއި ހަމައަށް ހަމަލާތައް ދެމުން އަންނައިރު، އީރާނުން ވެސް ދަނީ ރައްދު ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް އީރާނުން 2000 މީހަކު ވަނީ މަރުވެފައެވެ. އަދި އިސްރާއީލުން 15 މީހަކު މަރުވެފައިވާ ކަަމަށާއި އެމެރިކާގެ 13 ސިފައިން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.










