
ހޮރްމޫޒް ކަނޑުއޮޅި އިރާނުން ބަންދުކުރުމާއި ދުނިޔެއަށް ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލު ކަމަށް ތުހުމަތުކޮށް، އެ ދެ ގައުމުން ހިންގަމުންދާ އަސްކަރީ އަމަލުތައް ކުށްވެރިކުރުމަށް އީރާނުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިކަމަށް ގޮވާލެއްވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަރަޣްޗީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުގެ ހަނގުރާމަވެރި އަމަލުތަކުގެ ސަބަބުން، އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި ގުޅިގެން ދުނިޔޭގެ ތެޔޮ އެކްސްޕޯޓްގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ސުލްހައާއި ސަލާމަތަށް ލޯބިކުރާ ހުރިހާ ގައުމުތަކަކުންނާއި ބައިނަލްއަގުވާމީ އިދާރާތަކުން އިސްނަގައިގެން، އެމެރިކާ އާއި އިޒްރޭލު ކުށްވެރިކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަމަލާތަކާއި އުދުވާންތައް ވަގުތުން ހުއްޓާލުމަށް ގޮވާލުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯނު ކޯލުގައި އަރަޣްޗީ ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އދ. އިން އިތުރު މަސައްކަތްތަކެއް ކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.










