March 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ހަމަލާތަކެއް ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 18, 2026, 12:53 PM
މާލެ ސިޓީ

އީރާނުން އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

Advertisement

މި ހަމަލާތަކާއެކު ބަޣުދާދުގެ އެކި ސަރަޙައްދުތަކަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، އެމެރިކާ އެމްބަސީ ހުންނަ 'ގްރީން ޒޯން' ސަރަޙައްދުން ބޮޑެތި އަލިފާންގަނޑުތައް ވަނީ ފެނިފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، މިއީ ފާއިތުވި މަހު އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ.

ރޭ ދިން މި ހަމަލާތަކުގައި ޖުމްލަ 25 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. ނަމަވެސް، އީރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން 13 މިސައިލެއް ސައުދީ އަރަބިއްޔާގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިދިޔަ މަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާއާއެކު ފެށުނު މި ހަނގުރާމައަށް މިއަދަށް 18 ދުވަސް ވެފައިވާއިރު، މަސްރަޙު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. މިހާތަނަށް މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި 20,000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ބައިނަލްއަޤުވާމީ ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ސަލާމަތީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ދަނީ މި ހަމަނުޖެހުންތައް ހުއްޓުވުމަށް ގޮވާލަމުންނެވެ. ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ފުރުޞަތު ހުޅުވިގެން ހިނގައިދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved