March 18, 2026
Advertisement
4 އަހަރުގެ އާމްދަނީއާ ނުބައްދަލު ދަރަނި އެބައޮތް، ރައްޔިތުން ވިސްނަން ވެއްޖެ: ރައީސް ޔާމީން
4 އަހަރުގެ އާމްދަނީއާ ނުބައްދަލު ދަރަނި އެބައޮތް، ރައްޔިތުން ވިސްނަން ވެއްޖެ: ރައީސް ޔާމީން / ރައީސް އޮފިސް

4 އަހަރުގެ އާމްދަނީއާ ނުބައްދަލު ދަރަނި އެބައޮތް، ރައްޔިތުން ވިސްނަން ވެއްޖެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 18, 2026, 05:33 PM
މާލެ ސިޓީ

ގައުމުގައި ދަރަނި މެނޭޖު ކުރެވޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ކަން އޮތީ އެހެން ނޫންކަމަށާ އެހެން ކަމުން ރައްޔިތުން ކަންކަން ބަލާ ހޯދާ ވިސްނަން ވެއްޖެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މިހާތަނަށް އޮތް ކިއުމިލޭޓިވް ދަރަނި އެއްވަމުން އައިސް މިހާރު 160 ބިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް އެމަނިކުފާނަށް އަންދާޒާކުރެއްވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބަޖެޓު ފާސްކުރަނީ ރާއްޖެއަށް އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް ބަލާ އާމްދަނީ އަކީ 40 ބިލިއަން ކަމަށް ބަލައިގެން ކަމަށެވެ. 160 ބިލިއަންކަމަށް ދަރަނި ބަލާ އެ ނަޒަރިއްޔާއިން ރައްޔިތުންނަށް އެކަންކަން ވިސްނައިދޭނަމަ އެއީ 4 އަހަރު ރާއްޖޭގެ ޖުމްލަ އާމްދަނީއާ ނުބައްދަލު ދަރަންޏެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ރައީސް މުއިއްޒު ކިތަންމެ ވާހަކައެއް ދެއްކިޔަސް މަޖިލިސް މެމްބަރުން އެ ވާހަކަތަކަށް ކޮޑު ހުޅުން އަތް ނެއްޓެން ދެން އަތް ޖެހި ނަމަވެސް އެއްވެސް ކަމެއް އެސެސް ކުރަން އނެގޭ ބަޔަކު ނެތްކަން ހާމަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved