March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޓޭންކަރުތައް ދޫކުރީ އިންޑިއާގެ ރައްޔިތުން ދެއްކި ރީތި ނަމޫނާއަށް ރިޢާޔަތްކޮށް: އިރާން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 12:24 AM
މާލެ ސިޓީ

ރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ހިފަހައްޓާފައިވާ އިންޑިއާގެ ތެޔޮ ޓޭންކަރުތައް ދޫކޮށްލަން އިރާނުން ނިންމީ، އިންޑިއާގެ ރައްޔިތުން އިރާނަށް ދައްކުވައިދިން އެކުވެރިކަމުގެ ރީތި ނަމޫނާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

Advertisement

މި މައްސަލައާ ގުޅިގެން އިންޑިއާގައި ހުންނަ އިރާނުގެ ސަފީރު ވިދާޅުވީ، އިންޑިއާގެ ދެ ޓޭންކަރު ދަތުރުކުރުމުގެ ހުއްދަ ދިނީ އެންމެ އުނދަގޫ ވަގުތުގައި އިންޑިއާގެ ރައްޔިތުން އިރާނާ މެދު ބެހެއްޓި ގާތްކަމާއި އެކުވެރިކަމަށް ދިން ހަދިޔާއެއްގެ ގޮތުން ކަމަށެވެ. އިރާނުން ނެރުނު ރަސްމީ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ސީދާ އިންޑިއާގެ ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، އެ ބަޔާނުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަންފުޅު އެއްވެސް ވަރަކަށް ބަޔާންކޮށްފައި ނުވާކަމެވެ.

ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އިންޑިއާގެ ތެޔޮ ޓޭންކަރުތައް ތާށިވެ، އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަން ފެށުމުން، ބޮޑުވަޒީރު މޯދީ ވަނީ އިރާނުގެ ރައީސަށް ފޯނުން ގުޅުއްވައި ޓޭންކަރުތައް ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އިރާނުގެ މި ނިންމުން އައީ މޯދީގެ ސިޔާސަތުތަކާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މި ހަނގުރާމައިގެ ތެރޭގައި މޯދީ ފެނިގެން ގޮސްފައިވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ވާގިވެރިވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ހަނގުރާމަ ފެށުމުގެ އެންމެ ދެ ދުވަސް ކުރިން މޯދީ ވަނީ އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މީގެ އިތުރުން، އިރާނުގެ އަސްކަރީ އުޅަނދެއް ފައްތާލުމަށް އިޒްރޭލަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯދީގެ ދައުރެއް އޮތް ކަމުގެ ތުހުމަތުތަކާއި އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

އިރާނުގެ މި ފިޔަވަޅަކީ އިންޑިއާގެ ސަރުކާރުގެ ސިޔާސަތުތަކަށްވުރެ ބޮޑަށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަށް ދިން އިސްކަމެއްގެ ގޮތުގައި މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved