March 20, 2026
Advertisement
ރާއްޖޭގެ ގަސްކާނާ ގުދަނުގައި ރޯވިއިރު، ދުނިޔޭގައި ގަސްކާނާގެ ދަތިކަން!
ރާއްޖޭގެ ގަސްކާނާ ގުދަނުގައި ރޯވިއިރު، ދުނިޔޭގައި ގަސްކާނާގެ ދަތިކަން!

ރާއްޖޭގެ ގަސްކާނާ ގުދަނުގައި ރޯވިއިރު، ދުނިޔޭގައި ގަސްކާނާގެ ދަތިކަން!

Mar 20, 2026, 01:24 AM
މާލެ ސިޓީ

ރާއްޖޭގެ ގަސްކާނާ ގުދަނުގައި ރޯވީ ދުނިޔޭގައި ގަސްކާނާގެ ދަތިކަން އިންތިހާއަށް އޮތް ދަނޑިވަޅެއްގައި ކަން ހާމަވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު. މ. ތޮއިބާ މިސްކިތް ސަރައްހަދުގައި، އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒާ އިންވެގެން ހުރި "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައި ރޯވެފައިވާއިރު އެ ގުދަނަކީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރައްކާކޮށްފައި ހުރި ގުދަނެކެވެ.

އަތޮޅު ތެރެއާ މާލޭގެ ވެސް ގިނަ ބަޔަކު ގަސް ހެއްދުމަށް ގަސްކާނާ ގަންނަ "ޕްރައިމް ފާޓިލައިޒަރ"ގެ ގުދަނުގައި ރޯވެ މުޅިތަން އަނދާ ހުލިވެފައިވާއިރު، ދުވަސްވަރަކީ މުޅި ދުނިޔޭގައިވެސް ގަސްކާނާގެ ދަތިކަން އިންތިހާއަށް ބޮޑުވެ ދަނޑުވެރިކަމަށް ބުރޫ އަރާނެ ކަމެއް ކަން ކަމާ ބެހޭ މާހިރުން ފާހަގަކޮށްފައިވާ ދަނޑިވަޅެކެވެ.

އެގޮތުން ދުނިޔޭގެ ކަނޑުގެ ބިޔަފާރިތައް އެންމެ ގިނައިން ދަތުރުކުރާ އެއް މަގުކަމުގައިވާ، ހޮރްމުޒު ކަނޑު އޮޅި ހުރަސްކޮށް ދުނިޔޭގެ ގަސް ކާނާގެ ބާވަތްތަކުގެ ވިޔަފާރީގެ %30–%33 ޔޫރިއާ %31–%35، އެމޯނިއާ 18–20% ސަލްފަރ (ގަސްކާނާ އިންޕުޓް) %44–%45 ކުރާ އިރު މިވަގުތަކީ ހޮރްމުޒު ކަނޑުއޮޅި ބަންދުކޮށް އިރާނުން ފިޔަވަޅުތަކެއް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅާފައިވާ ދަނޑިވަޅެކެވެ. އިރާނުގެ އެ ފިޔަވަޅުގެ ސަބަބުން ބޯޓުތަކަށް ހޮރުމުޒު ކަނޑުއޮޅި ގިރާ ނުކުރެވި ޖުމްލަ ގާތް ގަނޑަކަށް ކާބޯތަކެތީގެ 35 އިން ސައްތަ އަގު މައްޗަށް އުފުލޭނެ ކަމަށްވެއެވެ.

އޭގެ ސަބަބުން ދަނޑުވެރިކަމަށް ބުރޫ އަރާނެ ކަމަށާ ނަތީޖާއަކަށް ވާނީ ކާން ބޭނުންކުރާ އެކު ވާބަތްތަކުގެ އަގު ބޮޑުވުން ކަމަށް ވެސް މުހައްލިލުން ހާމަކުރެއެވެ.

ދުނިޔޭގެ ދަނޑުވެރިކަމަށް ބޭނުންވާ %45 ފަޓިލައިޒަރ އުފުލަނީ އެ ސަރަޙައްދުން ކަމަށްވެ، ކަނޑުއޮޅި ބަންދުވުމުން ދަނޑުވެރިކަމަށް ބުރޫއަރާނެއިރު ގަސް ކާނާގެ ބާވަތްތައް ލިބުންވެސް ދަތިވާނެ ދަނޑިވަޅެއްގައި ރާއްޖެއަށް މިލިބުނީ ބޮޑު ގެއްލުމެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ދަނޑުވެރިންނަށް މީގެ ސަބަބުން ގަސްކާނާ ލިބުން ދަތިވެ ދަނޑުވެރިކަން މަޑުޖެހުމުގެ ބިރު އެބައޮތެވެ. އޭގެ ސަބަބުން މިހާރު ރާއްޖޭގައި ހައްދާ ދަނޑުގޮވާމުގެ ބާވަތްތައް ނުލިބިދާނެއެވެ.

އެހެންކަމުން އެއާއެކު އިމްޕޯޓު މުދާވެސް ލިބުން ދަތިވެ ރާއްޖޭގައި އުފައްދާ ބާވަތްތައްވެސް ނުލިބި ގައުމުގައި ތަދުމަޑުކަން އިންތިހާއަށް އިތުރުވެގެން ދިއުމަކީ ގާތް ކަމެކެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ޚަރަދުތައް ކުޑަކޮށް، އިސްރާފުގެ ބައި މަދުކޮށް ކުރިއަށް ތަދު ދުވަސްތަކަކާ ކުރިމަތިވެދާނެ ކަމަށް ބަލައި ތައްޔާރުވުން ބުއްދިވެރިއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved