
އިރާން އަތްމައްޗަށް ޔަހޫދީއިން ބަލިވުމަށް އެދުމަކީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށް އައްޝައިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ދީނީ އިލްމުވެރިޔާ ޝައިޚު ސަމިރު މިފަދައިން ވިދާޅުވެފައިވަނީ އާންމު ބައްދަލުވުމެއްގައި ކުރިމަތިކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ނިރުބަވެރި ޔަހަޫދީ އިޒްރާއީލާ ދެކޮޅަށް ދޭ ހަމަލާތަކަށް މުސްލިމުން ތަރުހީބުދީ ތާއީދުކުރމަކީ ފާފަވެރިވާނެ ކަމެއްތޯ އާންމުންގެ ފަރާތުން ކުރިމަތި ކުރުވުރި ސުވާލަށް ޖަވާބު ދެއްވަމުން ޝައިޚު ސަމީރު ވިދާޅުވީ، އިސްލާމީ އުއްމަތުގެ އެންމެ ދުޝްމަނަކީ ޔަހޫދީން ކަމާ މެދު ޚިޔާލު ތަފާތުވުމަށް ޖާގަ ނެތް ކަމަށެވެ. އަދި އެދައުލަތަށް އެހީވާ ކޮންމެ ފަރާތަކީ އެޙިތެރިވާ މިންވަރުން އުއްމަތުގެ އަދުއްވެ ކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.
އެހެންކަމުން އިރާނަކީ ޝީއިންގެ ދައުލަތެއް ނަމަވެސް އެއީ މުސްލިމުން ކަމަށާ ގަބޫލުކުރާ ހަމަތަކުގައި ޝީއިންނާ ސުންނީންގެ އަގީދާގެ ބޮޑެތި ތަފާތު ހުރި ނަމަވެސް، ޔަހޫދީއިންނާ ދެކޮޅަށް އިރާުނުން ކުރާ ހަނގުރާމައިގައި މުސްލިމުންނަށް ވެ ތިބެ އެދެނީ ޔަހޫދީން އެމީހުންގެ އަތްމައްޗަށް ބަލިވުން ކަމަށާ އެމެރިކާއާ ރަޝީޔާއިން ވިޔަސް ޔަހޫދީންނާ ހަނގުރާމަ ކުރާ ނަމަ ވެސް މުސްލިމުން އެދެންވާނީ ޔަހޫދީން ބަލިވާން ކަމަށްވެސް ޝައިހު ވިދާޅުވެފައިވެއެވެ.
ޝައިޚު އިތުރަށް ވިދާޅުވީ ޝީއިންގެ ފަރާތުން އިސްލާމީ ތާރީޚުގައި ޚިލާފު އުފެދުނީ ސިޔާސީކަމެއްގެ ތެރެއިން ކަމަށާ އެހެންކަމުން މިހާރުވެސް ޝީއީންނާ މެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއްދީ އިރާނަށަށް ނަސްރު ލިބުމަށް އެދުމަކީ އެއީ ފާފަވެރިވާނެ ކަމެއް ނޫން ކަމަށާ އެކަން އެގޮތަށް ވުމަށް އެދެން ވެސް ވާނެ ކަމަށެވެ.










