
ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވި ދޮގު ހަދާ ހަދާ ގޮސް ދޮގު ހެދުމަށް ދެވިހިފައިފައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ދޮގު ހަދަން ފަރިތވެފައި ހުރި މިންވަރުން އެމަނިކުފާނު ކިތަންމެ ބޮޑު ދޮގެއް ހެދި ނަމަވެސް އެކަން މީހުންނަށް ފާހަގަކުރަން ނޭނގޭ ކަމަށާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހުވެސް ގައުމުގެ ރިޒާވާ ގުޅިގެން ހެދި ދޮގުވެސް މަޖިލިސް މެމްބަރުންނަށްވެސް ފާހަގަކުރަން ނޭނގުނީ އެހެންވެ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ރިޒާވާ ގުޅިގެން ހެދީވެސް ދޮގުކަން ފާހަގަކުރައްވާ އެއީ ގައުމެއްގެ ވެރިއެއްގެ ފަރާތުން ފެންނާނެ އެންމެ ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް ރައީސް މުއިއްޒު ނުކުރައްވާ ކަމަށެވެ.










