March 23, 2026
Advertisement
މިއީ އެޑްހޮކުކޮށް ކަން ކުރާ ސަރުކާރެއް: ރައީސް ޔާމީން
މިއީ އެޑްހޮކުކޮށް ކަން ކުރާ ސަރުކާރެއް: ރައީސް ޔާމީން / ވަގުތު.އެމްވީ

މިއީ އެޑްހޮކުކޮށް ކަން ކުރާ ސަރުކާރެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 23, 2026, 05:10 PM
މާލެ ސިޓީ

މި ސަރުކާރަކީ ވެރިން ހާސިލްކުރަން ބޭނުންވާ ކަންކަން ސިޔާސީ ގޮތުން ހާސިލުކުރުމަށް ކުއްލި ކުއްލިއަށް ކަންކަން ކުރާ ބައެއްގެ ގޮތުގައި ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީސް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އެގޮތުން ސަރުކާރުން ކަންކަން ޑިޖިޓަލައިޒުކޮށް ދުރާލާ ކަންކަމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކުރި ކުރުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއީ ސިޠާސީ ވަކި މަންފާއެއް ހާސިލުކުރުމަށް އެމީހުން ބޭނުންވާ ކަންކަން ކުއްލި ކުއްލިއަށް ނިންމާ ބޮޑެތި ބަދަލުތައް ގާނޫނު އަސާސީއަށްވެސް ގެންނަ ބައެއް ކަމަށާ އެކަމުގެ ތެރެއިން ރައްޔިތުންނަށް އެމީހުންގެ ދާއިރާގައި ތަރައްގީއަށް ކުރާ ކަންކަންވެސް ސިއްރުކުރުމަށް ބަޖެޓުވެސް ގަނޑުކޮށް ޖެހި ބަޔަކު މި ނޫނީ ރާއްޖޭގެ ވެރިކަމަށް ނާންނަކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަމަށާ އެހެން ނަމަވެސް މި ސަރުކާރުން ކަންކަން ކުރަމުންދަނީ އެޑްހޮކު ކޮށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ޑިޖިޓަލައިޒު ސަރުކާރެއް ގާއިމުކުރާނެ ކަމަށް ބުނެ ދެއްކީވެސް ހުވަފެނެއް ކަމަށާ އެޑްހޮކުކޮށް ކަން ކުރާ ބަޔަކު ކަންކަން ޑިޖިޓަލައިޒުކުރުމަށް ބޭނުންވެސް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved