
މި ހަފްތާ ބަންދުގައި ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް ޕީއެންއެފްގެ މީޑިޔާ ކޯޑިނޭޓަރ އަހުމަދު މުހައްމަދު ހާމަކޮށްފިއެވެ.
އަހުމަދު މީސް މީޑިޔާއަށް ދޫކުރި މެސެޖެއްގައި ބުނެފައިވަނީ، ހަފްތާ ބަންދުގައި ރައީސް ޔާމީން ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންނަވާ ކަމަށ ބަޔަކު މީހުން ޚަބަރު ފަތުރަމުން ގޮސްފައިވާ ކަމަށާ ނަމަވެސް އެމަނިކުފާނު މި ހަފްތާ ބަންދުގައި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ހާމަކޮށް ޚަބަރުތައް ފަތުރާފައިވާއިރު، އެމަނިކުފާނު ދޭތެރެ ދޭތެރެއިން ބައެއް ރަށްރަށަށް ވަޑައިގެން ބައްދަލުވުންތައް ބާއްވަވައެވެ. ނަމަވެސް މި ފަހަރު ފަތުރާފައިވަނީ ދޮގު ޚަބަރެކެވެ.










