
ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން އާންމުކޮށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތައް ރަމަޟާން މަހަށް މެދު ކަނޑަލުމަށް ފަހު އަލުން މިރޭ ފެށުމަށް ހަމަޖައްސައިފިއެވެ.
ޕާޓީ އިން ހާމަކުރި ގޮތުގައި މިރޭގެ ޖަލްސާ އަކީ ވަރށް ފޯރިގަދަ އަދި މައުލުމާތުން ފުރިގެންވާނެ ޖަލްސާއަކަށް ވާނެ ކަމަށާ ޖަލްސާ އަޮންނާނީ ހ. ދޫވަހީގެ ފުރަތަމަ ފަންގި ފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.
ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށާ ގައުމު ދެކެ ލޯބިވާ އަދި ރައީސް ޔާމީންގެ ބިނާ ކުރަނިވި ފިކުރަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންވެސް ޖަލްސާއަށް ވަޑައިގަތުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.
ރައީސް ޔާމީންއާ ޕީއެންއެފުން ގެންދަވަނީ މި ސަރުކާރުން ހަދަމުންދާ ގޯސްތައް ރައްޔިތުންނާ ހަމައަށް ހާމަކޮށްދީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތްވެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.










