April 3, 2026
Advertisement
މިއީ ޝަހެންޝާހީ ވެރިކަމެއް ކުރާ ބައެއް: ރައީސް ޔާމީން
މިއީ ޝަހެންޝާހީ ވެރިކަމެއް ކުރާ ބައެއް: ރައީސް ޔާމީން / ތޭރަ އޮންލައިން

މިއީ ޝަހެންޝާހީ ވެރިކަމެއް ކުރާ ބައެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Apr 3, 2026, 02:30 PM
މާލެ ސިޓީ

މިހާރު ގައުމުގައި ތިބީ ޝަހެންޝާހީ ވެރިކަމެއް ކަމަށް ކުރާ ބައެއް ކަމަށްވިދާޅުވެ، ޕީއެންއެފް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފަރާތުން ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި "މި ނިންމުން މަ ނިންމައިފިން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަކީ ޤާނޫނަށް އިޙްތިރާމް ނުކުރާ، ރައްޔިތުންގެ ޙައްޤުތައް "ކޮޅުފަޔަށް ޖަހަމުންދާ" ވިޔާނުދާ ބައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު މިހާރުވެސް ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ހުންނަވާ ކުރައްވަމުން ގެންދަވަނީ ޚުދުމުހުތާރު ރަސްކަމަކަށް ވުރެވެސް ނުބައި ވެރިކަމެއް ކަމަށާ މިހާރު ރާއްޖޭގައި އޮތީ ޖަންގަލީގެ ވެރިކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ކައުންސިލްތަކުގެ ބާރު ދީފިނަމަ، ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި މިނިވަން ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުގެ ހަމައެކަނި އަމާޒަކީ "ހެޔޮވަރު ދަރުބާރެއް" ބިނާކުރުން ކަމަށާއި، ޑިމޮކްރަސީގެ ހުރިހާ އުޞޫލުތަކެއް މުގުރާލާފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ބާރު އިސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލީހާއި ކައުންސިލްތަކުން މި ސަރުކާރަށް ފުރުޞަތު ނުދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved