April 3, 2026
Advertisement
.
.

ރައްޔިތުންގެ ފައިސާގައި ފްލައިޓްތައް ޗާޓަރުކޮށް، މުލިއާގެއިން ރިޝްވަތު ބަހަނީ!

Yana Shareef
ޔާނާ ޝަރީފް
Apr 3, 2026, 05:09 PM

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި، ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، ސަރުކާރު ހިންގާ ޕާޓީން މުޅި ރާއްޖޭގައި ބޮޑެތި ރިޝްވަތުގެ އަމަލުތަކެއް ހިންގަން ފަށައިފިއެވެ.

Advertisement

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފްލައިޓްތައް ޗާޓަރުކޮށް، މީހުން މާލެއަށް ޖަމާކުރުމާއި ފައިސާ ބެހުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ނާޗަރަންގީ ކުޅެމުންދާ މި ދަނޑިވަޅުގައި، ރައީސް މުއިއްޒު ވަނީ ހުރިހާ ދާއިރާއެއްގެ މަޖިލިސް މެމްބަރުން މުލިއާގެއަށް ހާޒިރުކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ވަޒީފާގެ ފުރުސަތުތަކާއި ފައިސާ ބެހުމަށް ސީދާ އަމުރު ކުރައްވާފައެވެ.

މި އަމަލަކީ އިންތިޚާބުތަކުގެ އިންސާފުވެރިކަން ގެއްލުވާލައި، ރައްޔިތުންގެ ނިންމުން ގަނެލުމަށް ހިންގާ ވަރަށް ނުރައްކާތެރި ކޮރަޕްޝަންގެ އަމަލެކެވެ.

މުލިއާގެއަކީ ސިޔާސީ ރިޝްވަތު ބަހާ މަރުކަޒަކަށް ހަދައި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާއިރު، މިއީ ގައުމުގެ ޑިމޮކްރަސީގެ ބިންގާ މުގުރާލުން ކަމަށް ސިޔާސީ މުހައްލިލުން ދަނީ ސިފަކުރަމުންނެވެ. އިންތިޚާބާ ދިމާކޮށް މިގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ބެހުމާއި، މީހުން އުފުލުމަށް ދައުލަތުގެ މުދާ ބޭނުންކުރުމަކީ މި ސަރުކާރުން ގާނޫނުއަސާސީއަށް ކުޑަވެސް އިހުތިރާމެއް ނެތްކަން ހާމަވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved