April 3, 2026
Advertisement
/
/ / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

އެންމެެނަށް ނުގުޅިދާނެ، ގާތް މީހުންނާ ރައްޓެހިންނާ ދަންނަ މީހުންވެސް އަޅުގަނޑަށް ވޯޓު ދެއްވުން އެދެން : ޤައުމީ ކެންޑިޑޭޓް

Yana Shareef
ޔާނާ ޝަރީފް
Apr 3, 2026, 05:46 PM

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ "ޤައުމީ ކެންޑިޑޭޓް" އިސްމާއިލް ޒަރިޔަންދު، އޭނާގެ ގާތް ރަހުމަތްތެރިންނާއި، އާއިލާގެ މީހުން އަދި ދަންނަ އެންމެހާ ފަރާތްތަކުން އޭނާއަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވައިފިއެވެ.

Advertisement

"ރީސެޓް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ކެމްޕޭންގެ ތެރެއިން ހުރިހާ ރައްޔިތުންނާ ބައްދަލުނުކުރެވުނު ކަމުގައި ވިޔަސް، މާލެ ސިޓީ ކައުންސިލްގެ ކަންކަން ހަރުދަނާކޮށް އިސްލާހުކުރުމަށްޓަކައި އޭނާއަށް ވޯޓު ދިނުން މުހިންމު ކަމަށެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، ގައުމާއި މާލެ ސިޓީގެ ކުރިމަގަށްޓަކައި އިޚްލާސްތެރިކަމާއެކު ވޯޓު ދެއްވުމަށް އޭނާ ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޒަރިޔަންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްގެ ހިންގުން ހަރުދަނާވެ، ރައްޔިތުން އެދޭފަދަ ބަދަލެއް އަންނާނީ އޭނާއަށް އެ ފުރުސަތު ދީގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved