theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިބްރާހިމު ޝުޖާއު / އެޑިޝަން.އެމްވީ
ހަބަރު
ޝުޖާއުއަށް 13 މިލިއަން ލިބުނު ކަން ހާމަވި ރިޕޯޓާ ގުޅިގެން މައްސަލަ ބަލަން ފަށައިފި ކަމަށް ބުނެފި
Mariyam Isaadha
މަރިޔަމް އިސާދާ
03 އޯގަސްޓު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ތަހުގީގެއް ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ. ފުލުހުން މިފަދަ މައުލޫމާތެއް މި ހިއްސާކުރެއްވީ، ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ރިޕޯޓު ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާވެސް ވަނިކޮށް ކަމަށް ވެއެވެ.

ޝުޖާއު ވަނީ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ އެކަން ދޮގުވެސް ކޮށްފައެވެ.

ރިޕޯޓްގައިވާ މައުލޫމާތުން ހާމަވާ ގޮތުގައި 2 ނޮވެމްބަރު 2022 އިން 7 ނޮވެމްބަރު 2023 އާ ދެމެދު، ޖުމްލަ ދިހަމިލިއަން ފަސްލައްކަ ސާޅީސް ފަސްހާސް ދުއިސައްތަ ތިރީސް ދެރުފިޔާގެ މުޢާމަލާތް ކުއިކް ޝުއަރ ނަމަކަށް ކިޔާ ކުންފުންޏަކާ މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ.

މި ކުންފުންޏާއި އެކު ކޮށްފައިވާ ހުރިހާ މުއާމަލާތްތަކުގެ ތަފްސީލްވެސް ހިމަނާފައިވާއިރު ޖުމްލަ 12 މުއާމަލާތެއް އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލާއި ދެމެދު ހިނގާފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. މީގެ ތެރޭގައި އެންމެ ކުޑަ އަދަދަކަށް 265،000ރ ހިމެނޭ އިރު، 2.3 މިލިއަން ގެ ދެ ޓްރާންސެކްޝަނެއް އެންމެ ބޮޑެތި އަދަދު ތަކުގެ ތެރޭގައި ފާހަގަ ވެއެވެ.

މި ރިޕޯޓު އެމްއެމްއޭ އިން 28 މާރޗް 2024 ގައި އެކުލަވާލާފައިވާއިރު، މި ރިޕޯޓް ތަކުގައި ވާގޮތުން މި މުއާމަލާތްތައް ހިނގާފައިވާ ދުވަސްވަރަކީ ޑރ މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުކަން ފާހަގަކުރެވިފައިވެއެވެ. އަދި ކުއިކް ޝުއަރގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ނާފިޒު ގެ ބޭބެ މިހާރުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މާލެ ސިޓީ ކައުންސިލުގައި ހުޅުމާލޭގެ ކައުންސިލަރެއްގެ ގޮތުގައި އޭރު މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، ސަރުކާރުގެ އެކި އިވެންޓްތައް ހިންގުމަށް ގަވާއިދާއި ޚިލާފަށް ޝުޖާޢުގެ ”އޮފިޝަލް އިވެންޓްސް“ އަދި ނާފިޒްގެ ”ކުއިކް ޝުއަރ“ އަދި އެހެނިހެން ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާކަން މި ރިޕޯޓުން ހާމަކޮށްފައިވެއެވެ.

އަދި ގިނަ އަދަދެއްގެ ފައިސާ ޝުޖާޢުގެ ކުންފުނިތަކަށް ވަނީ އިވެންޓްތައް ހިންގުމުގެ ނަމުގައި މިލިއަނުން ދޫކޮށްފައި ކަމަށާއި މި މުއާމަލާތްތަކުން ބޮޑު ބައެއް ރައީސް މުއިއްޒުއަށް ބައިއެޅޭ ގޮތަށް ދީފައިވާކަން މި ރިޕޯޓުން ހާމަވެގެންދެއެވެ.

ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުއިއްޒުއާއި މުއިއްޒުގެ ބައިވެރިން ވަނީ މި ގައުމުގައި ކޮރަޕްޝަން އެހެން ހަރުފަތަކަށް ގެންގޮސްފައެވެ. މުއިއްޒަކީ ވެރިކަން ލިބުމުގެ މާކުރިންވެސް ކޮރަޕްޝަންގެ މައްސަލަތައް އޮތް މީހެއްކަން މި ލިޔުެކިޔުންތައް ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?