April 7, 2026
Advertisement
ފައިސާއަށް ވޯޓު އެޅުން ނިމިއްޖެކަން ރައްޔިތުން ސާބިތުކޮށްދީފި: ރައީސް ޔާމީން
ފައިސާއަށް ވޯޓު އެޅުން ނިމިއްޖެކަން ރައްޔިތުން ސާބިތުކޮށްދީފި: ރައީސް ޔާމީން / ތޭރަގްރެފިކްސް

ފައިސާއަށް ވޯޓު އެޅުން ނިމިއްޖެކަން ރައްޔިތުން ސާބިތުކޮށްދީފި: ރައީސް ޔާމީން

Apr 7, 2026, 08:43 PM
މާލެ ސިޓީ

އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދަން ފައިސާއާ ހަދިޔާ ބެހިޔަސް ރައްޔިތުން ދެން ނުވިކޭނެކަން ސާބިތުކޮށްދީފި ކަމަށް ޕީއެންއެފްެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އަންަގާރަ ދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބަށްވެސް ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ހޭދަކުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނިމި ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރި ހޭދައިގެ އެތައް ގުނަ އެއް މި ތިން އިންތިހާބު ސަރުކާރުން ކާމިޔާބު ކުރުމަށް ހޭދަކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ނަމަވެސް ރައްޔިތުންނަކީ އަބަދު ވިކޭނެ ބައެއް ނޫންކަން ސަރީހަ އިބާރާތުން ދިވެހި ރައްޔިތުން ބުނެދީފި ކަމަށެވެ.

އެއީ މި އިންތިހާބުގައި ސަރުކާރުން ބެހި ފައިސާއާ ވަޒީފާތައް ވެސް ގަބޫލުކޮށް، ނަމަވެސް ވޯޓު ސަރުކާރުން އެދުނު ގޮތަށް ނުދިނުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެކަމުން ސާބިތު ވަނީ އިންތިހާބުތަކުގައި ވޯޓުލާއިރު ރައްޔިތުން އިސްކުރާނީ އެ މީހުންގެ މަސްލަހަތުކަން ކަމަށެވެ.

މީގެއިތުރުން އީދު ދުވަހު ބަހާ ހަދިޔާއަކުން ނުވަތަ ރޯދަމަހު ބަހާ މަސްދަޅަކުން ރައްޔިތުން މިހާރު ނުވިކޭނެކަން މި އިންތިހާބުގައި ސާބިތުކޮށްދީފައިވާ ކަމަށާ އަދި މަހުޖަނުން ދެކެ ބިރުން، އަމިއްލަ މަސްލަހަތު އިސްނުކޮށް ރައްޔިތުން ދެން ނުތިބޭނެކަން ވެސް ސާބިތުކޮށްދީފައިވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރަންވީ ކަމަކީ، "ހެޔޮ ބަސް އަހާ، ހޮޔޮ ބަސް ގަބޫލުކޮށްގެން" ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިޔަކަށްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިހާރު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ ރައްޔިތުން އިންތިހާޞުގައި އެމްޑީޕީއަށް ވޯޓުދީ އެ ޕާޓީއާ ހަވާލުކޮށްފައިވާ ކަމަށާ އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވާތޯ ރައްޔިތުން ތިބީ ކައިރިން ބަލަން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved