April 8, 2026
Advertisement
ވަޒީފާއާއި ފައިސާ ބެހިޔަސް ލާސްޓް ލައިން އޮފް ޑިފެންސް ފޫއަޅުވާލަން ޖާގަ ނުދޭނެކަން ސާފުކޮށް ރައްޔިތުން ބުނެފި
ވަޒީފާއާއި ފައިސާ ބެހިޔަސް ލާސްޓް ލައިން އޮފް ޑިފެންސް ފޫއަޅުވާލަން ޖާގަ ނުދޭނެކަން ސާފުކޮށް ރައްޔިތުން ބުނެފި / މިހާރު

ވަޒީފާއާއި ފައިސާ ބެހިޔަސް ލާސްޓް ލައިން އޮފް ޑިފެންސް ފޫއަޅުވާލަން ޖާގަ ނުދޭނެކަން ސާފުކޮށް ރައްޔިތުން ބުނެފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 8, 2026, 01:49 PM
މާލެ ސިޓީ

ވަޒީފާއާއި ފައިސާ ބެހިޔަސް ލާސްޓް ލައިން އޮފް ޑިފެންސް ފޫއަޅުވާލަން ޖާގަ ނުދޭނެކަން ސާފުކޮށް ރައްޔިތުން ބުނެފި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުންވެސް ސަރުކާރަށް ނާކާޟިޔާބުވެފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލީ ވިދާޅުވީ، ރައްޔިތުން ބަދަލުވެއްޖެ ކަމަށާ ވަޒީފާއާއި ފައިސާ ކިތަންމެވަރަކަށް ބެހިޔަސް ލާސްޓް ލައިން އޮފް ޑިފެންސް ފޫއަޅުވާލަން ޖާގަ ނުދޭނެކަން ސާފުކޮށް ރައްޔިތުން ސަރުކާރަށް ބުނެދީފި ކަމަށެވެ.

އަލީ މިފަދައިން ވިދާޅުވެފައިވަނީ ގާނޫނު އަސާސީއަށް އަނެއްކާވެސް އިސްލާހު ގެނެސް މައި ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ ސަރުކާރުން ޖަހާ ބެރަކަށް ރައްޔިތުން އަބަދު ނުނަށާނެކަމުގެ ހެއްކެއް ކަމަށާ ފައިސާއާ މާލިއްޔަތަށްޓަކައި ވޯޓު އެޅުން ރައްޔިތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ސިޔާސީ އެކި މީހުން ބުނަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved