April 9, 2026
Advertisement
މުއިއްޒު ދަނީ ރިޓަޔާޑް އޮފިސަރުން ލައްވާ ހަޑި ހާވާފައި ބަދުނާމު ކުރަމުން: ރައީސް ޔާމީން
މުއިއްޒު ދަނީ ރިޓަޔާޑް އޮފިސަރުން ލައްވާ ހަޑި ހާވާފައި ބަދުނާމު ކުރަމުން: ރައީސް ޔާމީން / ތޭރަ އޮންލައިން

މުއިއްޒު ދަނީ ރިޓަޔާޑް އޮފިސަރުން ލައްވާ ހަޑި ހާވާފައި ބަދުނާމު ކުރަމުން: ރައީސް ޔާމީން

Apr 9, 2026, 08:44 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އަމިއްލަ މަޝްހޫރުކަން ހޯއްދަވަން ގައުމުގެ ޝަރަފުވެރިންގެ ބޭނުންކުރުމަށް ފަހު ނަތީޖާ ނުނިކުތުމުން ރައްޔިތުން ކުރިމަތީ އެބޭފުޅުންގެ އަގު ވައްޓާލަމުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ސަރުކާރަށް އެދެވިގެންވާ ނަތީޖާއެއް ނުނެރެވުނު ސަބަބުތަކަށް ނަޒަރު ހިންގާ ލައްވާ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޭގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލުން ކަމަށެވެ.

މީގެ އިތުރުން މެދު އިރުމަތީގެ ހަނގުރާމަ ފެށި، ގައުމުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފެށިއިރުވެސް ކައުންސިލް އިންތިހާބު ކުރިމަތީގައި އޮތުމުން ގައުމުގެ ހާލަތު ރައްޔިތުންނަށް ސިއްރުކޮށްފައި ބޭއްވުމަށް ފަހު އިންތިހާބަށް ފަހު މަސް ދަޅު އަގު ބޮޑުކުރުމާ، އިންތިހާބާ ދިމާކޮށް ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިން ދިނުމާ ގުޅުގެން ބައެއް އެމްޑީއިންނާ މެދު ސަރުކާރުން ފިޔަވަޅު އެޅުމުން އެކަމަށްވެސް ރައީސް ޔާމީން އިޝާރާތްކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުންފުނިތަކުގެ ވެރިން އެއްވެސް ފިޔަވަޅެއް މަޝްވަރާއާ ނުލާ އަޅާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ޚާއްސަކޮށް ޝަރަފްވެރިކަމާ އެކު ރިޓަޔާރ ކުރައްވާފައި ތިއްބެވި ފަޚްރުވެރި އޮފިސަރުން އެފަދަ ކަމެއް ވެރިންގެ ހުއްދަނެތި ހިންގަފާނެ ކަަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެއީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކުރައްވާނެކަންކަން ކަމަށް އެމަނިކުފާނަށް ޔަގީންވާ ކަމަށާ އެމްޑީއިން ބޮލުގައި އިލްޒާމު އަޅުވާ ބަދުނާމު ކުރަނީ ރައީސް މުއިއްޒު އެދޭ ނަތީޖާ ނުނިކުތުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ ނިމިދިޔަ އިންތިހާބުތަކުން ހާމަވީ ރައްޔިތުން ވަޒީފާއާ ފައިސާއަށް ނުގުޑާނެ ކަން ކަމަށާ ފައިސާއަށް ވޯޓުލުން ރައްޔިތުން ނިމުމަކަށް ގެނެސްފިކަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved