April 18, 2026
Advertisement
-
- / ސަން އޮންލައިން

ޕީއެންސީ އޮތީ ބޮޓޭކޯއާއެކު އަނދަވަޅަކަށް ވެއްޓިފައި: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 17, 2026, 01:43 PM
މާލެ ސިޓީ

ޕިއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރާއި ޕާޓީގެ ހިންގުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި މަލީހް ކުރެއްވި ޕޯސްޓެއްގައި  ވިދާޅުވީ، ފަލާޙް ފަދަ ކަންކަން ނޭނގޭ މީހަކު ޕާޓީގެ އިސް މަގާމަކާ ހަވާލުކުރުމުން ފެންނާނީ އޭގެ ނުރަނގަޅު ނަތީޖާ ކަމަށެވެ. މަލީހް ސިފަކުރެއްވި ގޮތުގައި، ފަލާޙްގެ ސަބަބުން ޕީއެންސީ އާއި ރައީސް މުޢިއްޒުގެ ސަރުކާރު ދަނީ "ގަރުދިޔަ ޖަގަހަ" އާ އެއް ފެންވަރަށް ވެއްޓި ފެތެމުންނެވެ.

މަލީހް އިތުރަށް ވިދާޅުވީ، މާ ބޮޑެތި ވާހަކަދައްކަން އުޅުމުގެ ތެރެއިން ފަލާޙަށް އަތަށް ގޮވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ޕާޓީގެ ހިންގުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ. 

މަލީހުގެ މި ބަހުގެ ހަމަލާތަކަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއިން ބޮޑު މެޖޯރިޓީއެއް ނަގާ އިންތިޚާބު ކާމިޔާބު ކުރި ކަމަށް ފަލާހް ދެއްކެވި ވާހަކަތަކަށް ދީފައިވާ ރައްދުތަކެއްކަން ފާހަގަވެއެވެ.

ނިމިދިޔަ އިންތިޚާބުތަކުން ހާމަވާ ގޮތުން ދިވެހި ރައްޔިތުން ވަނީ ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved